
ވޯޓުލާން ކަނޑައަޅާފައިވާ ވަގުތު އިތުރުކޮށްފި
ވޯޓުލާން ކަނޑައަޅާފައިވާ ވަގުތު އިތުރުކޮށްފި
ލިޔުން:
އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެކޮމިޝަނުން މިގޮތަށް ނިންމެވީ މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމެއްގައެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވޯޓުލާ ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. 4 ޖަހާއިރު ކިޔޫތައް ބަންދުކުރާނެ ކަމަށް އޭރު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
ނަމަވެސް އަންގާރަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގެ ޤައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ލަފާ އަރުވާފައެވެ. މިލަފަޔާ ގުޅިގެން އިލެކްޝަންސްގެ މެންބަރުން ބޭއްވި ބައްދަލުވުމުގައި ނިންމެވީ ވަގުތު ހަވީރު 5:30 އަށް އިތުރު ކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "ޕީއެސްއެމް ނިއުސް" އަށް ވިދާޅުވީ ވަގުތު އިތުރު ކުރުމަށް ކޮމިޝަނުން ނިންމީ މޫސުމަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން، ވާރޭ ވެހުމުގެ ސަބަބުން ވޯޓުލާން ދިއުމަށް ދަތިވެދާނެ ކަމަށް ނުވަތަ އަވިގަދަވުމުގެ ސަބަބުން ވޯޓުލާން ދާ މީހުން ވޯޓުލާ މަރުކަޒުތަކަށް ދާ އަދަދު ހަވީރު ގިނަވުން ފަދަ ކަންކަމަށް ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ގެނައި މިބަދަލާއެކު މިހާރު އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.
މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
