މާލެ: 31°C
ހަރަމްފުޅުގައި 2.5 މިލިއަން މީހުން 27 ވިލޭރޭގެ ތަރާވީސްކޮށްފި

ހަރަމްފުޅުގައި 2.5 މިލިއަން މީހުން 27 ވިލޭރޭގެ ތަރާވީސްކޮށްފި

April 6, 2024
2 ފަހަރު ބަލާފައި
ހަރަމްފުޅުގައި 2.5 މިލިއަން މީހުން 27 ވިލޭރޭގެ ތަރާވީސްކޮށްފި
މައްކާގައި ހުންނަ ﷲގެ ގެފުޅުކަމަށްވާ މަސްޖިދުލް ހަރަމްގައި މިރޭ 2.5 މިލިއަން މީހުން ތަރާވީސް ނަމާދުގައި ބައިވެރިވި ކަމަށް ސައުދީގެ ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޯދަމަހުގެ ފަހު ދިޔައަށް އަމާޒުކޮށް އުމްރާއަށް ދިޔަ މީހުން މިއަހަރުވެސް މިދިޔަ އަހަރާ އެއްވަރުގެ އަދަދެއް މައްކާއަށް ދިޔަ ކަމަށް ރެކޯޑްތަކުން ދައްކައެވެ. ސައުދީގެ ރަސްމީ މީޑިޔާތަކުން ބުނެފައިވާ ގޮތުގައި މިރެއަކީ ރޯދަ މަހުގެ ހަތާވީސް ވިލޭރޭ ކަމުން، ގިނަ އަދަދެއްގެ ބަޔަކު ރޭއަޅުކަމުގައި ބައިވެރިވުމަށް ހަރަމްފުޅަށް ދާނެ ކަމަށް ބެލެވޭތީ، ސަލާމަތީ ކަންތައްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށް، ފަސޭހައިން މީހުންނަށް ހިނގާބިނގާވެ އުޅެވޭ ގޮތަށް މަގުތައް ތަރުތީބުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ