މާލެ: 31°C

އޭޝިއާސް މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް ގެ މަގާމު ސްޓެލްކޯގެ އެމްޑީ ފަހުމީ އަށް ލިބިއްޖެ

November 18, 2024
90 ފަހަރު ބަލާފައި
އޭޝިއާސް މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް ގެ މަގާމު ސްޓެލްކޯގެ އެމްޑީ ފަހުމީ އަށް ލިބިއްޖެ
އޭޝިއާސް މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް ގެ މަގާމު ސްޓެލްކޯގެ އެމްޑީ ފަހުމީ އަށް ލިބިއްޖެ

އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024 ގެ "އޭޝިއާސް މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް" ގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އަށް ލިބިއްޖެ އެވެ.

އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024 އަކީ މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ. މިއީ މި އެވޯޑް ދިވެއްސަކަށް ލިބުނު ދެވަނަ ފަހަރެވެ. މި އެވޯޑު ކުރީ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރި ހަސަން މުގުނީއަށް ވެސް ލިބިފައިވެ އެވެ. ފަހުމީ އަށް މި އެވޯޑް ލިބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިގެންނެވެ.

އެ ހަފްލާގައި ސްޓެލްކޯ އަށްވެސް ވަނީ "އިންޑަސްޓްރީ ޗެމްޕިއަން އޮފް ދަ އިޔާ"ގެ އެވޯޑުވެސް ލިބިފަ އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ