
ޓިކްޓޮކް އަށް މަޝްހޫރުވި ހަސްބުއްލާ ހައްޔަރުކޮށްފި
ޓިކްޓޮކް އަށް މަޝްހޫރުވި ހަސްބުއްލާ ހައްޔަރުކޮށްފި
ލިޔުން:
ކޮވިޑް19 ގެ ދުވަސްވަރު ޓިކްޓޮކްގައި ވައިރަލް ވެގެންދިޔަ ވީޓިއޯތަކަަކުން މަޝްހޫރުވި ހަސްބުލާ މަގޯމެޑޯވް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އޭނާ ހައްޔަރުކުރީ އޭނާގެ އުފަން ރަށް ރަޝިޔާގެ ދަގޭސްތާނުން ޓްރެފިކް ގާނޫނުތަކާ ހިލާފުވެގެން ކަމަށް "ރެޑް ކޯނާ އެމްއެމްއޭ" އިން ބުނެއެވެ.
"ޑަގެޓަންސް އިންޓަރނަލް އެފެއާޒް" އިން މައުލޫމާތު ދިން ގޮތުގައި އޭނާ ވަނީ ރައްޓެހިންނާއިއެކު މަގުމަތީގެ ގަވާއިދުތަކާއި ހިލާފަށް ދުއްވައި، އެހެން އުޅަނދުތައް ދުއްވުމަށް ހުރަސް އަޅާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައިި އޭނާ ހައްޔަރުކޮށްފައިވަނީ ގާތް އެކުވެރިއެއްގެ ކައިވެނި ޕާޓީއެއްގެ ތެރެއިންނެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ހަސްބުއްލާ އިނީ ހުދުކުލައިގެ ކާރެއްގެ ފަހަތުސީޓުގައ،ި އޭނާގެ ރައްޓެހިންނާއި އެކުގައެވެ. އަދި އެ ކާރު އެހެންކާރެއްގެ ފަހަތުގައި މަޑުމަޑުން ޖެހުނު މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެންދެއެވެ. އެއަށްފަހު އެ ކްލިޕްގައި އެހެން ބައެއް ކާރުތައް މަގުމަތީގައި ބާރު ސްޕީޑުގައި ދުއްވާ މަންޒަރު ފެނިގެންދިޔައެވެ. އެ ވީޑިއޯގެ ފަހުތަންކޮޅުން ހަސްބުއްލާ އާއިއެކު އިތުރު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނިގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
ހަސްބުއްލާއަށް އެންމެ ފުރަތަމަ މަގުބޫލުކަން ލިބުނީ ކޯވިޑް-19 ގެ ދުވަސްވަރު، އޭނާ މޮޓޯރައިޒްޑް ސްކޫޓަރެއް ދުއްވައި، ލޮކްޑައުންގެ ހުރަސްތަކާ ބެހޭ ގޮތުން އެހެން މީހަކަށް ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވުމުންނެވެ.
އުމުރުން 20 އަހަރުގެ ހަސްބުއްލާ އަކީ ގްރޯތް ހޯރމޯން ދަށްވުމުގެ ސަބަބުން ޑްވާރފިޒަމް ޖެހިފައިވާ މީހެކެވެ. އޭނާގެ އިސްކޮޅަކީ 3 ފޫޓް 4 އިންޗި ކަމަށް ރިޕޯޓްތަކުން ބުނެއެވެ. ސޯޝަލް މީޑިއާގައި މަގްބޫލުކަން އިތުރުވަމުން އަންނަ ހަސްބުއްލާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޔޫއެފްސީ ގެ ފަސް އަހަރުގެ ޕްރޮމޯޝަން ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
