މާލެ: 31°C
ޓިކެޓުގެ މައްސަލާގައި ބައެއް މީހުން ޕީއެންސީ އިން ވަކިވާން ފަށައިފި

ޓިކެޓުގެ މައްސަލާގައި ބައެއް މީހުން ޕީއެންސީ އިން ވަކިވާން ފަށައިފި

January 22, 2024
3 ފަހަރު ބަލާފައި
ޓިކެޓުގެ މައްސަލާގައި ބައެއް މީހުން ޕީއެންސީ އިން ވަކިވާން ފަށައިފި
އަންނަ ރޯދަމަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ފުރުސަތު ބައެއް މެމްބަރުންނަށް ނުދިނުމުން ޕީއެންސީން ބައެއް މީހުން ވަކިވާން ފަށައިފިއެވެ. ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސޮއިކޮށް ޕްރައިމަރީގައި ވާދަކުރާ ބައެއް ފަރާތްތަކަށް އިއްޔެ ވަނީ ސިޓީއެއް ފޮނުވައި، ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދެވެން ނެތް ސަބަބުތައް ހާމަކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ކޮށްފައިވާތީ އާއި ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނެތުމެވެ. އެގޮތުން، ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު ފަރާތްތަކުގެ ތެރޭގައި މެދުހެންވޭރު ދާއިރާ އަށް ވާދަކުރައްވާ ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ހިމެނޭކަމަށް މައުލޫމާތުލިބިފައިވެއެވެ. އަދި އޭނާ އަށް ތާއީދުކުރާ ފަރާތްތަކުން ޕީއެންސީއިން ވަކިވާން ސިޓީފޮނުވަމުންދާ ކަން ވެސް އެނގިފައިވެއެވެ. އަދި އެ ލިސްޓްގައި ލ. މާވަށު ދާއިރާއަށް ކުރިމަތިލެއްވި މޫސާ ފައިސަލާއި ޅ. ނައިފަރު ދާއިރާއަށް ކުރިމަތިލެއްވި ހުސެއިން އަރްބާން ފައްވާޒް ހިމެނެއެވެ. މިބޭފުޅުންނަށް ފޮނުވި ސިޓީތައް ސޯޝަލް މީޑިއާގައި ގައި ދަނީ ދައުރުވަމުންނެވެ. ފައިސަލްއަށް ފޮނުވި ސިޓީގައި ވަނީ އެ ޕާޓީގެ ކޯލިޝަންގައި ވާދަކުރުމަށް އޭނާގެ ޝަރުތު ހަމަނުވަނީ ރިޔާސީ އިންތިހާބަށްފަހު އެ ޕާޓީގެ މެންބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތުގައި ބައިވެރިވެ އެކަން ކުރިއެރުވުމަށް މަސައްކަތް ކޮށްފައިވާތީ ކަމަށެވެ. އަދި އަރްބާންއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާގެ ޝަރުތު ހަމަނުވަނީ، އޭނާ އެޕާޓީއަށް އެކަށީގެންވާ މިންވަރަށް ޕާޓީއަށް ހިދުމަތްކޮށްފައި ނުވާތީ ކަމަށެވެ. މީގެ އިތުރުންވެސް، ގިނަ ދާއިރާތަކެއްގެ މެމްބަރުންނަށް ވަނީ ޝަރުތު ހަމަނުވާ ކަމަށް ބުނެ އަބްދުއްރަހީމް އަބްދުﷲ ސޮއިކޮށް ޕްރައިމަރީގައި ވާދަނުކުރެވޭނެ ކަމަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެ ޕާޓީން ބޭނުންވާ މެމްބަރުންނަށް މިހާރު ޓިކެޓް ވެދުމަށް އަރުވާފައިވާ ކަމަށް ވެސް އެނގިފައިވެއެވެ. މަޖިލިސް ޕްރައިމަރީއާ ދިމާކޮށް ޕީއެންސީ އަށް ގިނަ އަދަދަކަށް މެމްބަރުން ވައްދާފައިވާއިރު، ޕީއެންސީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 40،000 އަށް ވުރެ މައްޗަށް އަރާފައެވެ. ޕީއެންސީގެ ޕްރައިމަރީ ބާއްވަން މީގެ ކުރިން ތާވަލުކުރީ މިދިޔަ ހޮނިހިރަށް ނަމަވެސް އެ ތާރީހު ވަނީ އަންނަ ހޮނިހިރަށް ފަސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ