
ޓިކެޓް އަތުލައި، ޖާބިރު އެމްޑީޕީން ވަކިކޮށްފި
ޓިކެޓް އަތުލައި، ޖާބިރު އެމްޑީޕީން ވަކިކޮށްފި
ލިޔުން:
ރައްޔިތުން މަޖިލީހުގެ ކ.ކާށިދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ އަދި އެމްޑީޕީގެ ޕްރައިމަރީގައި އެދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބުދުﷲ ޖާބިރުގެ ކެނޑިޑެސީ ބާތިލްކޮށް ޕާޓީންވެސް ވަކިކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖާބިރު ޕާޓީން ވަކިކޮށްފައިވަނީ އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުން ކަންކަން ކުރުމާއި މަސްލަހަތު ގެއްލޭގޮތަށް އޭނާގެ އަމަލުތައް ހުންނާތީ ކަމަށެވެ.
"މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ، މި ކަމަކީ މި ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމުގައިވާތީ މިޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި މިޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފަ" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ
https://twitter.com/MDPSecretariat/status/1754516124304367693
މި ބަޔާނުގައި ބުނެފައިވަނީ، ހ.ތިމާވެށި އަބްދުﷲ ޖާބިރު އެމްޑީޕީއާ އަލުން ގުޅުމަށް އެދުނުކަމުގައިވީނަމަވެސް އެފުރުސަތު ލިބޭނީ ޕާޓީގެ ޤައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާގޮތެއްގެ މަތިންކަމަށެވެ.
ޖާބިރު އަލުން ޕާޓީއާ ގުޅިވަޑައިގަތް ނަމަވެސް ކުރިއަށްއޮތް 5 އަހަރުދުވަހުގެ ތެރޭގައި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފައެވެ.
ޖާބިރު އެންމެފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
އެމްޑީޕީން ޖާބިރުއާ މެދު ފިޔަވަޅު އަޅާފައިވާއިރު، އޭނާ ވަނީ މިއަދު މިއަދު ބޭއްވި ރިޔާސީބަޔާން އިއްވުމުގެ ޖަލްސާ އެމްޑީޕީން ބޮއިކޮޓް ކޮށްފައިވަނިކޮށް ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
