މާލެ: 31°C

ތުލުސްދޫގައި އިމާރާތްކުރާ ޓްރެއިނިންގ ސެންޓަރުގެ ހުރިހާ މަސައްކަތެއްގައި ސްޓެލްކޯގެ މުވައްޒަފުން

January 27, 2025
167 ފަހަރު ބަލާފައި
ތުލުސްދޫގައި އިމާރާތްކުރާ ޓްރެއިނިންގ ސެންޓަރުގެ ހުރިހާ މަސައްކަތެއްގައި ސްޓެލްކޯގެ މުވައްޒަފުން
ކ. ތުލުސްދޫގައި ސްޓެލްކޯއިން އިމާރާތްކުރަމުންދާ މެކޭނިކަލް ޓްރެއިނިން ސެންޓަރުގެ ހުރިހާ މަސައްކަތެއް ކުރަމުން އަންނަނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށް ބުނެފި އެވެ.

ކ. ތުލުސްދޫގައި ސްޓެލްކޯއިން އިމާރާތްކުރަމުންދާ މެކޭނިކަލް ޓްރެއިނިންގ ސެންޓަރުގެ ހުރިހާ މަސައްކަތެއް ކުރަމުން އަންނަނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށް އެ ކުންފުނީގެ އެމްޑީ ވިދާޅުވެއްޖެ އެވެ.

ތުލުސްދޫގައި އިމާރާތްކުރަމުންއަންނަ ސްޓެލްކޯގެ ޓްރޭނިންގ ސެންޓަރ ގެ މަސައްކަތްތަކާ ގުޅޭގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެ އިމާރާތަކީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތްތެރިކަން ފެނިގެންދާނެ އިމާރާތެއް ކަމަށާއި އެގޮތުން އިމާރާތުގެ ޑިޒައިނިން މަސައްކަތުން ފެށިގެން ގޮސް އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއްގައި ވެސް ހަރަކާތްތެރިވަމުން އަންނަނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ.

އެމްޑީ ފަހުމީ ވިދާޅުވީ އެ އިމާރަތަކީ އެ ކުންފުންޏަށް ބޭނުންވާ މީހުން ބިނާކުރުމަށް އިމާރާތްކުރާ ޓްރޭނިންގ ސެންޓަރެއް ކަމަށާއި އެ ސެންޓަރުގައި އެއްފަހަރާ 100 އަށްވުރެ ގިނަ މީހުންނަށް ތަފާތު ތަންމީރީނު ހަރަކާތްތައް ކުރިއަށް ގެނެދެވޭނެ ކަމަށށެވެ.

އެގޮތުން އެ ޓްރެއިނިންގ ސެންޓަރ ގައި ޓްރެއިނިން ރޫމާއި އިލެކްޓްރިކަލް ޓްރެއިނިން ރޫމުތަކާއި ކޮންޓްރޯލް ޓްރެއިނިން ރޫމުތަކާއި މެކޭނިކަލް ޓްރެއިނިން ރޫމްތައް ހުންނާނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ ފަހުމީ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ