
ތުޅާދޫ އެއާޕޯޓް ހަގީގަތަކަށް ހަދައި އިތުރު ހައުސިން ޔުނިޓުތައް އަޅައިދޭނަން: ރައީސް
ތުޅާދޫ އެއާޕޯޓް ހަގީގަތަކަށް ހަދައި އިތުރު ހައުސިން ޔުނިޓުތައް އަޅައިދޭނަން: ރައީސް
ލިޔުން:
ތުޅާދޫ އެއާޕޯޓް މަޝްރޫޢު ހަގީގަތަކަށް ހަދައި، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ދަތިކަން ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް އިތުރު ހައުސިން ޔުނިޓްތައް އެރަށުގައި އަޅާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަތޮޅުތަކުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިއަދު ބ.ތުޅާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ތުޅާދޫގައި އެއާޕޯޓެއް އެޅުމަކީ އެރަށުގެ ރައްޔިތުން ކުރަމުން އަންނަ ވަރަށް ދިގު އިންތިޒާރެއް ކަމަށާއި، މި ސަރުކާރުން އެރަށުގައި އެއާޕޯޓެއް ތަރައްޤީކުރައްވާނޭ ކަމަށެވެ. ހަމަ އެއާއެކު ތުޅާދޫގައި ބޯހިޔާވަހިކަމަށް އިތުރު 100 ހައުސިން ޔުނިޓް އަޅައިދޭނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ތުޅާދޫއަކީ ބިން ހެއްކޭވަރުގެ ބޮޑު ފަޅެއް އޮންނަ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެރަށުގައި ގެދޮރުވެރިކުރުވުމަށާއި، އިގްތިސާދީ މަސައްކަތްތަކަށް ބިން ހިއްކުމުގެ ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންދަވާނޭކަމަށެވެ. ރައީސް ވިދާޅުވީ ތުޅާދޫއަކީ ތަރައްޤީގެ މުސްތަގުބަލެއް ފެންނަން އޮތް ރަށެއް ކަމަށާއި، ސަރުކާރުން ތުޅާދޫގެ ތަރައްޤީއަށް ހާއްސަ އިސްކަމެއްދެއްވާނޭ ކަމަށެވެ.
"ތުޅާދޫ އެއާޕޯޓް މަސައްކަތަކީ ވަރަށް ލަސްކޮށް ވަރަށް ފަނޑުކޮށްދާ ހަގީގަތަކަށް ނުވާނޭހެން ހީވާގޮތަށްދާ ކަމެއް. އެގޮތް ބަދަލުކޮށް ރަށުގެ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަވާ ފެންވަރުގެ އެއާޕޯޓެއް ހަދައިދޭނަން" ތުޅާދޫ އެއާޕޯޓާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.
https://twitter.com/presidencymv/status/1764605090932167020
މި ޖަލްސާގައި ރައީސް ވިދާޅުވީ ތުޅާދޫ ސިއްހީމަރުކަޒު އިތުރަށް ތަރައްޤީކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އިތުރުން ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމަކީވެސް މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. މީގެ އިތުރުން ތުޅާދޫއަކީ ލިޔެލާޖެހުމުގެ ރަށަކަށް ވުމުން އެ ފަންނު ދިރުވައި އާލާކުރުމުގެ ގޮތުން އެ މަސައްކަތް ދަސްކޮށްދޭ މަރުކަޒެއް ގާއިމްކޮށްދެއްވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ތުޅާދޫ އެއާޕޯޓް މަޝްރޫޢު ހަގީގަތަކަށް ހައްދަވާނޭކަމަށް ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ފެށި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އޮތީ މުޅިންހެން ހުއްޓިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
