މާލެ: 31°C

ޠާރިޤު އަށް މަޖިލީހުން ރުހުން ދީފި

February 17, 2025
150 ފަހަރު ބަލާފައި
ޠާރިޤު އަށް މަޖިލީހުން ރުހުން ދީފި
މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 1 ފެބްރުއަީ 2025 ވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) ޢައްޔަނުކުރަށްވާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ޠާރިޤަށް ރުހުންއޮތްތޯ ބަލަން ވޯޓު ނަގާފައެވެ.

ތޯރިގް ކުރިން ހުންނެވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ މަގާމުގައެވެ. ތޯރިގް އެ މަގާމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ.

ދެ ވުޒާރާ އެއްކޮށްލައި، ވަޒީރަކަށް ތޯރިގް އައްޔަނުކުރެއްވީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ފައިސަލް 28 ޖެނުއަރީ 2025 ގައި މަގާމުން ވަކިކުރެއްވުމަށް ފަހުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ