މާލެ: 31°C

ތޫނު ހަތިޔާރުބޭނުންކޮށްގެން މާރާމާރި ހިންގި ކުޑަކުދިންތަކެއް ހައްޔަރަށް

March 12, 2025
189 ފަހަރު ބަލާފައި
ތޫނު ހަތިޔާރުބޭނުންކޮށްގެން މާރާމާރި ހިންގި ކުޑަކުދިންތަކެއް ހައްޔަރަށް
ތޫނު ހަތިޔާރުބޭނުންކޮށްގެން މާރާމާރި ހިންގި ކުޑަކުދިންތަކެއް ހައްޔަރަށް

18 އަހަރުން ދަށުގެ ކުދިންތަކެއް މާރާމާރީ ހިންގި މައްސަލައެއްގައި 2 ކުއްޖަކު ހައްޔަރުކޮށް، 4 ކުއްޖަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ރޭ 10:00 ހާއިރު ހުޅުމާލެ ފޭސް 2 ގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެ މާރާމާރީގައި އެއް ކުއްޖަކު ޒަހަމްވެފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ