
ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި މީހަކު އަދި ހައްޔަރެއް ނުކުރޭ
ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި މީހަކު އަދި ހައްޔަރެއް ނުކުރޭ
ލިޔުން:
ރޭ މާލޭ ފިހާރައެއް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ މާފަންނު ބީޖީ ސަރަހައްދުގައި ހުރި ކްރަސާ ނަމަކަށް ކިޔާ ފިހާރައެއްތެރޭގައެވެ. އެހާދިސާގައި ޒަހަމަކޮށްލާފައިވަނީ އައްޑޫސިޓީއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޒުވާނެކެވެ. އޭނާއަށް ހަމަލާދިނީ ބޭރުން އައިސް އެ ފިހާރަ ތެރެއަށް ވަނތް މީހެކެވެ. އޭނާގެ ހަށިގަނޑުގެ އެތަށް ތަނަކަށް ވަޅި ހަރައި ޒަހަމް ކޮށްލާފައިވާއިރު އޭނާގެ ހާލު ކްރިޓިކަލް ކަމަށާއި އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.
މިކަމާގުޅިގެން "މިނިވަން" އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމައްސަލައާ ގުލިގެން އަދި މިހާތަނައް އެވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއ،ި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެެވެ.
މީގެ އިތުރުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ހުޅުމާލެ ޖޫސް ޓައިމް ނަމަކަށް ކިޔާ ޓޭކްއަވޭ ކެފޭ އަކަށް ގެއްލުންދިން މައްސަލައިގައި ވެސް މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ ހުޅުމާލޭގެ ޖޫސް ޓައިމްއަށް ވަދެ ގެއްލުންދިން މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން އެ ވަގުތު ދުއްވި ކަމަށް ބެލެވޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ވެސް ދަނީ ތަހުގީގު ކުރަމުން ކަމަށާއި، މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
