އއ. ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް އެރަށު ކައުންސިލުން ވެހިކަލް ހަވާލު ކުރަން ނިންމައިފިއެވެ.
ތޮއްޑޫ ކައުންސިލުން ބުނި ގޮތުގައި އެތަކެއްޗަކީ ކުންފުނީގެ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށް ގެންދިއުމަށް އެ ކުންފުންޏާ ހަވާލުކުރާ ތަކެއްޗެވެ.
ކައުންސިލުން ބުނި ގޮތުގައި އެވެހިކަލްތައް މިހާރު ވަނީ ތޮއްޑޫއަށް ގެންގޮސްފައެވެ.
މި ވެހިކަލްތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚިދުމަތް ދިނުމަށާއި މަސައްކަތް ކުރުމުގެ ވައްޓަފާޅި ބަދަލުކޮށް، މަސައްކަތްތައް އަގުހެޔޮކޮށް އަވަހަށް ކުރުމަށް ނުހަނު ބޭނުންތެރި ވެހިކަލްތަކެއް ކަމުގައި މިކައުންސިލުން ދެކެމެވެ،" ކައުންސިލުގެ ޕޯސްޓެއްގައި ބުނެފައިވެއެވެ.







