މާލެ: 31°C
ތޮއްޑޫގައި ޓޫރިސްޓަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ތޮއްޑޫގައި ޓޫރިސްޓަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

February 21, 2024
4 ފަހަރު ބަލާފައި
ތޮއްޑޫގައި ޓޫރިސްޓަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
އއ. ތޮއްޑޫގައި ފަތުރުވެރިޔަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުން ބުނީ އެ ރަށުގައި ހަމަލާދީފައިވަނީ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަ ރަޝިއާގެ ފަތުރުވެރިއަކަށް ކަމަށެވެ. އޭނާގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ އިރުއޮއްސި 6:30 ހާއިރު ކަމަށް ބުނެފައިވެއެވެ. ފުލުހުން ބުނީ އަނިޔާވީ އުމުރުން 42 އަހަރުގެ މީހަކަށް ކަމަށާއި އޭނާ އަށް ތޮއްޑު ހެލްތު ސެންޓަރުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ގިނަ އަދަދެއްގެ ގެސްޓްހައުސް ހިންގަމުން އަންނަ ތޮއްޑު އަކީ ޓޫރިސްޓުން ވަރަށް ގިނައިން ޗުއްޓީ އަށް ގޮސްއުޅޭ ރަށެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ