
ތޮއްޑޫގައި އޯޕަން އެކްސެސް ނެޓްވޯކެއް އަޅަން އާބަންކޯ އާ އެކު ސޮއިކޮށްފި
ތޮއްޑޫގައި އޯޕަން އެކްސެސް ނެޓްވޯކެއް އަޅަން އާބަންކޯ އާ އެކު ސޮއިކޮށްފި
ލިޔުން:
އޯޕަން އެކްސެސް ނެޓްވޯކެއް ތޮއްޑޫގައި ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި އާބަންކޯ އާއެކު އެރަށުގެ ކައުންސިލުން ސޮއި ކޮށްފިއެވެ.
އާބަންކޯގެ އިދާރާގައި ގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޕަރޭޝަނުގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް އެވެ. ތޮއްޑޫ ކައުންސިލް ގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަހުމަދް އަކްރަމް އެވެ.
ތޮޑޫގެ ބަނދަރު ސަރަހައްދާއި، ފެރީ ޓާމިނަލް، ކާގޯ ގުދަން އަދި ރަށުުގެ އާންމު ފަތުރުވެރިންގެ ގޮނޑުދޮށް ތަރަށްގީ ކުރުމުގެ އެމްއޯޔޫއެއްގައި ވެސް ތޮއްޑޫ ކައުންސިލުން އާބަންކޯއާ އެކު ސޮއިކުރި އެވެ.
ތޮއްޑޫ ކައުންސިލުން ބުނި އާބަންކޯއާ އެކު އެއްބަސްވި މަސައްކަތްތައް ނިމުމުން ތޮއްޑޫގެ ރައްޔިތުންނަށް ގިނަ ލުއި ފަސޭހަ ތަކެއް ލިބޭނެ އެވެ. އެއީ ކަންތަށްތަކަކީ ތޮށްޑޫގެ ރައްޔިތުންނަ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށް ވެސް އެކައުންސިލުން ބުންޏެވެ. އާބަންކޯއިން ބުނި ގޮތުގައި ތޮއްޑުއަށް އެ ހިދުމަތްތައް ފޯރުކޮށްދެވުމަކީ އެ ކޯޕަރޭޝަނަށް ވެސް ލިބޭ އުފަލެއް ކަަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
