
ތިނަދޫގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ތިނަދޫގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ލިޔުން:
ގ.ދ ތިނަދޫގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މިއަދު 1:50 އެހާކަން ހާއިރު އެރަށުގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވާކަމަށެވެ.
އެ މާރާމާރީގައި ޒަހަމްވީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަށް މިހާރު ގެންދަނީ ތިނަދޫ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅީގެން "މިނިވަން" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަާގައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
