މާލެ: 31°C

ތިނަދޫ ކައުންސިލުން 50 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފި

March 26, 2025
156 ފަހަރު ބަލާފައި
ތިނަދޫ ކައުންސިލުން 50 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފި
ތިނަދޫ ސިޓީ ކައުންސިލުން ކުރު މުއްދަތުގެ 50 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފިއެވ.

ތިނަދޫ ސިޓީ ކައުންސިލުން ކުރު މުއްދަތުގެ 50 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފިއެވ.

އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ޖަމާއަތަކަކާ ގުޅިިގެން ކުރު މުއްދަތުގެ ސްކޮލަޝިޕް ފުރުސަތުތަކަކަށް އެ ކައުންސިލުން ހުޅުވާލާފައިވާ ކަމަށާއި، ސްކޮލާޝިޕްތަކަށް އެދޭ ފަރާތްތަކުން 8 އޭޕްރީލް 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެދޭ ކަމަށެވެ.

ސްކޮލަޝިޕް ޕްރޮގްރާމްގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ އާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއާި، އިމާރާތްކުރުމާއި އިންޖިނިއަރިންގެ ދާއިރާ ޢާއި، އުނގަންނައި ދިނުމާއި ތައުލީމީ ދާއިރާ އާއި، އިންފޮރމޭޝަން ޓެކްނޮލޮޖީއާއި އާއި ޑިޖިޓަލް ދާއިރާ، އަދި ވިޔަފާރި އާއި މެހުމާންދާރީ އަދި ކަސްޓަމާ ސާވިސްގެ ދާއިރާ ހިމެނެ އެވެ.

ކޯސްތަށް ފެށުމަށް ހަމެޖެހިފައިވަނީ މިއަހަރުގެ މެއި ނުވަތަ ޖޫން މަހު ކަމަށާއި، ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މިއަހަރުގެ ޖަނަވަރީ 1 އަށް 45 އަހަރު ނުފުރޭ އަދި ގްރޭޑް 10 ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން ތިނަދޫގެ ރައްޔިތުންނަށާއި، ތިނަދޫއަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށެވެ.

ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ 9:15 ގައި ތިނަދޫ އާބާދީ މަރުކަޒުގައި އޮންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އިއުލާނު: Gazette 

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ