އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅޭ ގޮތުން ތިނަދޫ ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ފަތުރާފައި ވަނީ ދޮގު މައުލޫމާތު ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީގެ ފަރާތުން އެކައުންސިލަށް ދިޔަ ބަޔަކު އެކައުންސިލުން ވަށްކޮސްފައިވާކަމަށްބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން އެމައްސަލަ ފުހުން ބަލަމުންގެންދާތީ ކައުންސިލްގެ ބައެއް ޚިދުމަތްތައް މެދުކެނޑިފައިވާކަމަށްބުނެ އެ ކައުންސިލްގެ ފޭސްބުކް ގައި ކޮސްފައިވާ ޕޯސްޓާ ގުޅިގެން އޭސީސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނާ ގުޅޭގޮތުން އެ ކައުންސިލުން ފަތުރަނީ ދޮގުމައުލޫމާތެއް ކަމަށާއި އެކަމާ އެކޮމިޝަނުން ހިތާމަ ކުރާކަމަށެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ ފޭސްބްކުގައި ކޮށްފައިވާ ޕޯސްޓާ ގުޅޭ ގޮތުން އޭސީސީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން 26 ޖެނުއަރީ 2025 ގައި އެ ކޮމިޝަނުގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލް އިދާރާގައި ޚަރަކާތްތެރިވެފައިވާ ކަމަށާއި، ނަމަވެސް ތިނަދޫ ކައުންސިލްގެ އެއްބާރުލުން އެ ޓީމަށް ލިބިފައިނުވާތީ ޤާނޫނު އަސާސީ އާއި އެންޓިކޮރަޕްޝަންސް ކޮމިޝަނުގެ ޤާނޫނުގެ ހަމަތަކުގެ ތެރެއިން އެއްމެހާ އިޖްރާއަތްތައް ފުރިހަމަކުރުމަށްފަހު އެ ކޮމިޝަނުގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ވަނީ ހޯދާފައި ކަމަށެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނާ ގުޅޭގޮތުން ތިނަދޫ ސިޓީ ކައުންސިލުން ފަތުރާފައިވަނީ ދޮގުވާހަކަތަކެއް ކަމަށާއި، އެ ކޮމިޝަނާ ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އަދި އެކަމާމެދު އެ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.







