
ތިން ރަށެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިއަށްދަނީ
ތިން ރަށެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިއަށްދަނީ
ލިޔުން:
ތިން ރަށެއްގެ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
މި ބައި-އިލެކްޝަންތަކުގައި ވޯޓުލަނީ ފ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި އާއި ވ. ފެލިދޫ ކައުންސިލް ރައީސްގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށާއި ރ. ރަސްގެތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށެވެ.
މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން މާލެ އާއިއެކު، ޖުމްލަ 8 ރަށެއްގައި ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ޖުމްލަ 11 ވޯޓު ފޮށި މި ބައި-އިލެކްޝަންތަކުގައި ބަހައްޓާނެއެވެ. އެގޮތުން، މާލޭގައި ބަހައްޓާ 3 ފޮށިވެސް ހުންނާނީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގައެވެ. 3 ބައި-އިލެކްޝަންގެ ވޯޓުލުންވެސް މި ފޮށިތަކުގައި ކުރިއަށް ދާނެއެވެ.
މީގެ އިތުރުން، ފ. ފީއަލި، ފ. ބިލެތްދޫ، ފ. މަގޫދޫ، ފ. ދަރަނބޫދޫގައި އަދި ފ. ނިލަންދޫގައި ވޯޓު ފޮށި ހުންނާނެކަމަށް އިލެކްޝަންސްއިން ބުނެޏެވެ. މި ފޮށިތަކުގައި ކުރިއަށްދާނީ ފ އަތޮޅު ކައުންސިލް ރައީސްގެ ބައި-އިލެކްޝަނެވެ.
ވ. ފެލިދޫ އާއި ރ. ރަސްގެތީމު ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް އެ ރަށްރަށުގައި ބަހައްޓާފައި ހުންނާނެކަމަށްވެސް ކޮމިޝަނުން ބުންޏެވެ.
މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8އިން ހަވީރު 4އަށެވެ. މި ބައި-އިލެކްޝަންގައި ވޯޓުލުމަށް ޝަރުތު ހަމަވާ، 5574 މީހުން އެބަތިއްބެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
