ދައުލަތުގެ ތިން ވުޒާރާއެއްގެ މަސައްކަތު ދާއިރާއަށް ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަސައްކަތު ދާއިރާއަށް ބަދަލު ގެނެސްދައިވާ ތިން ވުޒާރާއަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، ސިއްޙީ ވުޒާރާއެވެ.
ތިން ވުޒާރާގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތައް ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރީ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީންނެވެ. ކޮމިޓިންވެސް ނިންމެވީ ވުޒާރާތަކުގެ މަސައްކަތު ދާއިރާއަށް ގެނެސްފައިވާ ބަދަލުތަކަށް ރުހުން ދިނުމަށެވެ.
މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ މަސައްކަތުގެ ދާއިރާގައި ހިމަނާފައިވާ ކަންކަމުގެތެރޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ކަންކަމާއި، އެފަދަ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކަންކަން ރެގިއުލޭޓުކުރުމާއި، ޤައުމީ ސަނަދުގެ އޮނިގަނޑާބެހޭ ކަންކަމާއި މަސައްކަތުގެ މާހައުލުގެ ސިއްޙީ ރައްކާތެރިކަމާބެހޭ ކަންކަމެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނެނީ ޤައުމުގެ ދާޚިލީ ސަލާމަތާއި، އަމަންއަމާންކަމާއި ދާޚިލީ ހަމަޖެހުން ޤާއިމްކުރުމުގެ ކަންކަމާއި، ކުށް މަދުކުރުމާއި ކުށްވެރިން ބެލެހެއްޓުމާއި ގުޅޭ އެންމެހާ ކަންކަމާއި، އިމިގްރޭޝަންގެ ކަންކަމާއި، ރާއްޖޭގައި ބިދޭސީން އަދާކުރާ ވަޒީފާގެ ސިޔާސަތުތައް ތަންފީޒުކުރުމާބެހޭ އެންމެހާ ކަންކަމެވެ. އަދި ކުށްކުރާ ކުޑަކުދިންނާބެހޭ ކަންކަމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާބެހޭ ކަންކަމާއި، ސައެންސާއި ޓެކްނޮލިޖީގެ ކަންކަމާއި ނޭޝަނަލް ރެޖިސްޓްރޭޝަނާއި އާބާދީއާބެހޭ ކަންކަން ހިމެނެއެވެ.
މީގެ އިތުރުން ސިއްޙީ ވުޒާރާގެ މަސައްކަތު ދާއިރާގެ ތެރޭގައި ރައްޔިތުންނަށް ސަލާމަތް ސިއްޙަތެއް ލިބިދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަމާއި، ސިއްޙި ޚިދުމަތްދޭ ތަންތަނާއި ޚިދުމަތްދޭ މީހުން ރެގިއުލޭޓްކުރުމާބެހޭ އެންމެހާ ކަންކަމާއި، ކާބޯތަކެއްޗާއި ބޭހާއި ހެލްތު ކްލިއަރެންސް ހޯދަންޖެހޭ ކެމިކަލާއި ސިއްޙީ އާލާތްތަކުގެ ރައްކާތެރިކަމާބެހޭ އެންމެހާ ކަންކަން ހިމެނެއެވެ. އަދި ރައްކާތެރި ލޭ ފޯރުކޮށްދިނުމާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓަންޖެހޭ މީހުންގެ ކަންކަންވެސް މަސައްކަތުގެ ދާއިރާގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ބައެއް ވުޒާރާގެ މަސައްކަތު ދާއިރާއަށް ގެނައި ބަދަލުތައް މަޖިލީހުން ފާސްކޮށްފި
ދައުލަތުގެ ތިން ވުޒާރާއެއްގެ މަސައްކަތު ދާއިރާއަށް ގެންނެވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަސައްކަތު ދާއިރާއަށް ބަދަލު ގެނެސްދައިވާ ތިން ވުޒާރާއަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި، ސިއްޙީ ވުޒާރާއެވެ.
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
