
ތިން އަތޮޅެއްގެ ކައުންސިލް ރައީސުން ޑިމޮކްރެޓްސް އަށް ސޮއިކޮށްފި
ތިން އަތޮޅެއްގެ ކައުންސިލް ރައީސުން ޑިމޮކްރެޓްސް އަށް ސޮއިކޮށްފި
ލިޔުން:
ތިން އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ "ދަ ޑިމޮކްރެޓްސް" ޕާޓީ އަށް ސޮއިކޮށްފިއެވެ.
ޑިމޮކްރެޓްސް އަށް މެމްބަރުން ހަމަ ކުރުމަށް އެޕާޓީގެ އިސްވެރިން އަތޮޅުތަކަށް ކުރަމުުންދާ ދަތުރު ތަކުގައި އެކި ރަށްރަށުން މީހުން ދަނީ އެ ޕާޓީއަށް ސޮއި ކުރަމުންނެވެ.
އެގޮތުން ހއ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް އާއި ވ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ އިތުރުން، ބ އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހް ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ.
މި ތިން އަތޮޅުގެ ރައީސުންނަކީ ވެސް ކުރީގައި އެމްޑީޕީ އަށް ތާއީދު ކުރައްވާ ތިން ބޭފުޅުންނެވެ. ނަމަވެސް އެމްޑީޕީ ދޫކޮށް، މިތިން ރައީސުންވަނީ މިހާރު ދަ ޑިމޮކްރެޓްސްއަށް ތާއީދު ކޮށްފައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ބޮޑު ނާކާމިޔާބީ އާ ގުޅިގެން ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތް މިހާރު ވަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއަކަށް ބަދަލުވެފައެވެ. މިހާތަނަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު އެޕާޓީ އަށް ސޮއި ކޮށްފައިވާއިރ،ު އަދިވެސް ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައެއް ނުގަންނަވައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
