މާލެ: 31°C

ތިމަރަފުށީގައި ބޮޑު އީދު، ބޮޑެތި އިނާމުތަކާ އެކު ތަފާތު ގޮތަކަށް!

ތިމަރަފުށީގައި ބޮޑު އީދު، ބޮޑެތި އިނާމުތަކާ އެކު ތަފާތު ގޮތަކަށް!
June 25, 2023
2 ފަހަރު ބަލާފައި
ތިމަރަފުށީގައި ބޮޑު އީދު، ބޮޑެތި އިނާމުތަކާ އެކު ތަފާތު ގޮތަކަށް!
ތ. ތިމަރަފުށީގައި ބޮޑު އީދުގެ ކުޅިވަރު ބޮޑެތި އިނާމު ތަކާއެކު ތަފާތު ކުލަގަދަ ގޮތަކަށް މުޅި އަތޮޅުތެރެއަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖައްސާފައިވާކަމަށް އެރަށުގެ ޖަމިއްޔާ އެއް ކަމަށްވާ ތިމަރަފުށީ އާރޫހު ޖަމިއްޔާއިން ބުނެފި އެވެ. އެ ޖަމިއްޔާ އިން "މިނިވަން" އަށް މައުލޫމާތު ދިން ގޮތުގައި ބުނީ، މި އީދަކީ ތިމަރަފުށީގެ އާރޫހު ޖަމިއްޔާއާއި އެ ރަށުގެ ފަޅުމަސް ސްޕޯޓްސް ކުލަބާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ އީދެއް ކަމަށެވެ. މި އީދުގައި ތަފާތު އެކި ކުޅިވަރުތަށް ބޭއްވުމަށް ހަމަޖައްސާފައިވާ އިރު، ބައެއް ކުޅިވަރު ތަކުގައި ބޮޑެތި އިނާމްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އާރޫހު ޖަމިއްޔާއިން ބުނީ، ވާދެމުމުގެ މުބާރާތެއް ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދަން ނިންމާފައިވާ އިރު، އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަކަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅުމަށް ނިންމާފައި ކަމަށެވެ. އަދި އޭގެ އިތުރުން އެ މުބާރާތުގެ އަންހެން އަދި ފިރިހެން ޓީމުގެ ރަނަރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އީދުގައި ބާއްވާ އެކި ކުޅިވަރު ތަކަށް ފައިސާގެ އިނާމުތަށް ހުށަހަޅާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. [caption id="attachment_92349" align="aligncenter" width="1600"] ތިމަރަފުށީގައި ފާހަގަކުރެވުނު އީދެއްގެ ތެރެއިން[/caption] އެ ޖަމިއްޔާއިން ބުނީ، އީދުގައި ބޭއްވޭ ކުޅިވަރުތަކުގެ ތެރޭގައި، ޓިކެޓު ނަގައިގެން ވަދެވޭ ގޮތަށް "ބިރުވެރި ހޮހަޅަ" އެއް ހަދާފައިވާނޭ ކަމަށެވެ. އަދި އެތަނުން ލިބޭ ފައިސާ ހަދިޔާ ކުރަން ހަމަޖެހިފައިވަނީ ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތް ތަކަށް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. މި ނޫންވެސް ތަފާތު އެކި ކުޅިވަރުތަށް ބޭއްވުމަށް އެ ރަށުގައި ހަމަ ޖައްސާފައިވާ އިރު އެ ޖަމިއްޔާއިން ބުނީ މި އީދަކީ މުޅި އަތޮޅު ތެރެއަށް ހުޅުވާލެވިފައިވާ އީދެއް ކަމަށެވެ. އީދުގެ އެކި ކުޅިވަރު ތަކަށް ބޮޑު ހޭދައެއް ކުރެވިގެން ދާނެ ކަމަށް ބުނެ އެ ޖަމިއްޔާއިން ބުނީ، މި ކުޅިވަރުތަކުގެ ޓައިޓަލް ސްޕޮންސާއަކީ އެމްޖީއެޗް އިންވެސްޓްމަންޓް ކަމަށެވެ. އަދި ކޯ ސްޕޮންސާ އަކީ ތިމަރަ ފުށީ ކައުންސިލް އެވެ. އަދި މީގެއިތުރުން ތިމަތަރަފުށީ ދާއިރާގެ މްމްބަރު އަބްދުﷲ ރިޔާޒް އާއި އެރަށުގެ ކައުންސިލްގެ ރައީސް އިސްމާއީލް އިބްރާހީމް ގެ އެހީތެރިކަން އެ ޖަމިއްޔާއިން ފާނހަގަ ކުރިއެވެ. އަދި "ފަޅުމަސް ތަންގަޑު" މެމްބަރުނާއި، ފުންގަސް ސަރަހައްދުގެ އަންހެން ކަނބަލުނާއި، އޭރޯ ލޮޖިސްޓިކް އާއި، އެކްސްބީއެޗް މޯލްޑިވްސް އާއި، ޑެއިޒީ ފްލާވާ އާއި، 3އެން6 ބްރަދާސް އާއި، ބޯލްސްޓާޓީ އާއި، ޒާވީ ޕްލަސް އާއި، ކޮފީޑޫ އާއި، ސެލްޓެކް އިލެކްޓްރޯނިކްސް އާއި، މަރިޔާޒު ސްޓޯރާއި، އަިމަސް ލިންކާއި، އެފްއޭއެމްއެސް ކެފޭ އާއި، އަނާޔާ އިންވެސްޓްމަންޓް ގެ އިތުރުން، ތިމަރަފުށީ އެއާޕޯޓާއި، ތިމަރަފުށީ ހެލްތް ސެންޓަރާއި، އެރަށުގެ ފެނަކަ ބޮރާންޗާއި، ޕޮލިސް އަދި އަތޮޅު އެޑިއުކޭޝަން ސެންޓަރު ގެ އެހީތެރިކަން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ. ތިމަރަފުށީ އާރޫހު ޖަމިއްޔާ އަކީ 2004 ވަނަ އަހަރު ރަޖިސްޓްރީ ކުރެވިގެން އެ ރަށުގައި ހިންގަމުން އަންނަ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އަކީ ރަށުގެ އިޖްތިމާއީ ގޮތުންނާއި ރަށުގެ ފައިދާ އަށް އެތަށް ގިނަ ގުނަ މަސައްކަތްތަކެއް މިއަދާ ޖެހެންދެން ވެސް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ