
ތިމާވެށި ހިމާޔަތްކުރުމަކީ ދިރިއުޅުމުގެ އާދައެއްކަމުގައި ހެދުން ލާޒިމް: ރައީސް
ތިމާވެށި ހިމާޔަތްކުރުމަކީ ދިރިއުޅުމުގެ އާދައެއްކަމުގައި ހެދުން ލާޒިމް: ރައީސް
ލިޔުން:
މިއަދުގެ ހާލަތު އޮތް ގޮތުން ތިމާވެށި ހިމާޔަތްކުރުމަކީ، ދިރިއުޅުމުގެ އާދައެއް ކަމުގައި ހެދުމަކީ ލާޒިމްކަމެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނސާބަތުގައި ފޮނުއްވި ހިޠާބުގައެވެ.
ރައީސް ސޯލިހުގެ ހިޠާބުގައި، ދުނިޔޭގެ ތިމާވެށްޓާއި ގުދުރަތީ ނިޒާމްތަކަށް އިންސާނުންގެ އަމަލުތަކުގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މިގޮތުން ރައީސް ސޯލިހު ވިދާޅުވީ، ބިމުގެ ގުދުރަތީ ސިފަތަކަށާއި އޭގެ މާހައުލީ ނިޒާމަށް، އިންސާނީ ތާރީހުގައިވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ދަނީ ލިބެމުންކަމަށެވެ. އަދި ކުރިމަތިވަމުން އަންނަ ނުރައްކާތަކާއި ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު އެއީ އިންސާނުންގެ ދިރިތިބުމަށް އޮތް ނުރައްކާތަކެއް ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ތިމާވެށްޓާއި ދުނިޔޭގައި ލައްވަވާފައިވާ ނިޒާމްތައް އޮޅުން ބޮޅުން ވިޔަ ނުދީ ރައްކާތެރި ކުރުމަކީ، ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ދުނިޔެއާ ރާއްޖެއަށްވެސް އޮތް ތިމާވެށީގެ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކް އުފެއްދުންތަކުގެ ސަބަބުން ވެށި ތަޣައްޔަރުވަމުން ދިޔުންކަން ފާހަގަކުރައްވައި، އެކަމަށް ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިޠާބު ނިންމަވާލައްވަމުން ރައީސް ސޯލިހު ވަނީ ޕްލާސްޓިކް އުފެއްދުންތަކުން ވެށި ތަޣައްޔަރުވިޔަ ނުދިނުމަކީ މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ހެދުމަށް އެދިވަޑައިގެނަފައެވެ. މިގޮތުން، އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދޮށީ އުމުރުގެ މީހާއާ ހަމައަށް ވެސް ޕްލާސްޓިކަށް ނޫނެކޭ ބުނަންޖެހޭ ކަމުގައި ރައިސް ސޯލިހު ވަނީ ވިދާޅުވެފައެެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
