މާލެ: 31°C

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އެމްޑަބްލިޔުއެސްސީން ގިނަ ހަރަކާތްތަކެއް ހިންގައިފި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އެމްޑަބްލިޔުއެސްސީން ގިނަ ހަރަކާތްތަކެއް ހިންގައިފި
June 6, 2023
2 ފަހަރު ބަލާފައި
ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އެމްޑަބްލިޔުއެސްސީން ގިނަ ހަރަކާތްތަކެއް ހިންގައިފި
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑަބްލިޔުއެސްސީން މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށި ސިޓީގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެމްޑަބްލިޔުއެސްސީން ހާއްސަކޮށް ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ފެށި "ނަލަ ވެށި" ކެމްޕޭނުގެ ދަށުން، އިއްޔެ ހަވީރު ވަނީ ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އަދި އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރް އަބްދުލް ރަހްމާންއެވެ. އޭޭގެ އިތުރުން، "ނަލަ ކުޅުދުއްފުށި" ގެ ނަމުގައި އެމްޑަބްލިއުއެސްސީން ވަނީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށް ކެމްޕޭނެއް އުފައްދާފައެވެ. އެ ކެމްޕޭނުގެ ދަށުން މި މަހުގެ އެކަކުން ތިނަކަށް ތިމާވެށްޓާ މެދުގައި އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން ރަށުގެ ގޮނޑުދޮށާއި ކުނި ގިނަ ކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ. މި ހަރަކާތުގައި އެ ސިޓީގެ 20 އަށް ވުރެ ގިނަ އިދާރާ އަދި ޖަމިއްޔާތަކުން ބައިވެރިވެފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. ހަމައެއާއެކު އެމްޑަބްލިޔުއެސްސީން ވަނީ ކުޅުދުއްފުށި ސީޓީގެ ސުކޫލްތަކުގައި ކިޔަވަމުން އަންނަ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ފެން އިސްރާފު ނުކުރުމަށާއި ސާފު ބޯފެނާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ހިންގައި، "ފެން ފިޔެސްޓާ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއްވެސް ބާއްވައިފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ "ނަލަ ވެށި" ކެމްޕޭންގެ މަގުސަދަކީ ރައްކާތެރި ކަމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ހިއްވަރުދީ، ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ