މާލެ: 31°C

ތިލަމާލެ ބްރިޖުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ: ޕްރޮޖެކްޓް މެނޭޖަރު

ތިލަމާލެ ބްރިޖުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ: ޕްރޮޖެކްޓް މެނޭޖަރު
April 12, 2023
2 ފަހަރު ބަލާފައި
ތިލަމާލެ ބްރިޖުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ: ޕްރޮޖެކްޓް މެނޭޖަރު
ތިލަމާލެ ބްރިޖުގެ މަސައްކަތްތަކުގެ ސްޕީޑް އަވަސްކޮށް ކުރިއަށްދާކަމަށް އެ ޕްރޮޖެކްޓްގެ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވެއްޖެއެވެ. ތިލަމާލެ ބްރިޖްގެ މިހާރު ކުރަމުންދާ މަަސައްކަތްތަކާ ބެހޭގޮތުން ޖިނާން "މިނިވަން" އަށް ވިދާޅުވީ، މިހާރު މާލޭ އެއްގަމުގައި ޖަހާ ތަނބުތަކުގެ ބޮޑުބައި ނިމި ، ބްރިޖް ޑެކްގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މާލެ ކޮޅުން ކަނޑުގައި ޖަހާ ތަނބުތަކުގެ ތެރެއިން ދެ ތަނބެއްގެ ޕައިލިން އާއި ވިލިމާލެ ކޮޅުން ކަނޑުގައި ޖަހާ 6 ތަނބެއްގެ ޕައިލިން މަސައްކަތް މިހާރު ކުރިއަށްދާ ކަމުގައި ވެސް ޖިނާން ވިދާޅުވިއެވެ. "ވިލިމާލޭގެ ތިލަ ސަރަހައްދު ތަކުގެ ޕައިލިން މަސައްކަތް ކުރުމަށް ބޭނުންވާ ޓެމްޕޮރަރީ އެކްސެސް ބްރިޖް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން ، އަދި ވިލިމާލެ އިން ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުން" ޖިނާން ވިދާޅުވިއެވެ. މީގެ އިތުރުން ގުޅީފަޅު އެއްގަމުގައި ޖެހުމަށް ހަމަޖެހިފައިވާ ތަނބުތަކުގެ މަސައްކަތް ވެސް ކުރިއަށް އެބަދާ ކަމަށާއި ގުޅީފަޅު ކާސްޓިން ޔާޑްގައި ބްޖިޖްގެ ޑެކް ގެ ޕްރިކާސްޓް ސެގްމެންޓްތައް ކާސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައި ޖިނާން ވިދާޅުވިއެވެ. ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ އޯގަސްޓް 26، 2021 ގައެވެ. ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ އޮގަސްޓް 22، 2022 ގައެވެ. ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ