ތިލަމާލެ ބްރިޖްގެ ކޮލިޓީ ދަށްކަމަކަށް ނުބުނޭ: އަސްލަމް

ތިލަމާލެ ބްރިޖްގެ ކޮލިޓީ ދަށްކަމަކަށް ނުބުނޭ: އަސްލަމް
ލިޔުން:
ތިލަމާލެ ބްރިޖު މަޝްރޫއުގެ ކޮލިޓީ ދައްވެގެން އެއްވެސް ބަޔަކު ނޫޅޭ ކަމަށާއި އިންޖިނިއަރުންގެ ފަރާތުން އެފަދަ ވާހަކައެއް އިވިވަޑައިގެންފައިނުވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ތިލަމާލެ ބްރިޖާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އިންޖިނިއަރެއް ކަންބޮޑުވުން ފާޅުކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ވަޒީރުންނާއި ސުވާލުކުރުމުގެ ފުރުސަތުގައި، މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ކޮލިޓީއާ މެދު ރާއްޖޭގެ ވަރަށް ގިނަ އިންޖީނިއަރުންނާއި ބައިނަލް އަގްވާމީ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމަށެވެ.
ޖަވާބުގައި އަސްލަމް ވިދާޅުވީ ، އެފަދަ ތުހުމަތެއް ކުރަން ވާނީ ހެއްކާ އެކު ކަށަވަރުކޮށްފައި ކަމަށާއި ރާއްޖޭގެ ވެސް އަދި ރާއްޖެއިން ބޭރުގެ އިންޖީނިއަރުން ވެސް އެ ފަދަ ވާހަކައެއް ދައްކާ އަޑު ނާއްސަވާކަމުގައެވެ.
" "އެފްކޮންނުން ކުރާ މަސައްކަތުގެ ކޮލިޓީގައި މައްސަލައެއް އުޅޭ ކަމަށް ދިވެހިރާއްޖޭގެ އިންޖިނިއަރުންތަކެއް އެބަ ބުނާ ކަމަށް ވިދާޅުވާ ވިދާޅުވުން ސަބްސްޓެންޝިއޭޓް (ސާބިތު) ކޮށްފަ ނޫނިއްޔާ އަޅުގަނޑު ގަބޫލެއް ނުކުރަން މިތަނުގައި އެ ވާހަކަ ދެއްކޭނެ ކަމަކަށް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރުން، ތިލަމާލެ ހަދާ އެފްކޮންސް ކުންފުނި ވިއްކާލާފައިވާތީ އޭގެ އަސަރެއްކުރާނެތޯ، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްގެ މިނިސްޓަރު އަސްލަމްއާ ސުވާލުކުރެވުމުން ވިދާޅުވީ، އޭގެ އެއްވެސް އަސަރެއް ބްރިޖްގެ މަސައްކަތަށް ނުކުރާނެ ކަމަށެވެ.
ބުރިޖް މަޝްރޫއުގެ އިތުރުން އަދިވެސް އެހެން ބައެއް މަޝްރޫއުތައް ރާއްޖޭގައި ހިންގަމުން އަންނަ އެފްކޮންސްގެ މައި ކުންފުނި، ވިއްކާލަން އެ ކުންފުނިން ނިންމި ނިންމުމަމާ ގުޅިގެން މަޝްރޫއުތައް ނުހުއްޓޭނެ ކަމަށް ރައީސް އޮފީހުން ވެސް ވަނީ ޔަގީންކަން ދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
