މާލެ: 31°C
ތިލަމާލެ ބުރިޖް، ޗައިނާއިން އެޅި ބުރިޖްހާ ރީތި ނުވިއަސް ސަލާމަތީ މައްސަލައެއް ނޯންނާނެ: މުއްތަލިބް

ތިލަމާލެ ބުރިޖް، ޗައިނާއިން އެޅި ބުރިޖްހާ ރީތި ނުވިއަސް ސަލާމަތީ މައްސަލައެއް ނޯންނާނެ: މުއްތަލިބް

January 26, 2024
3 ފަހަރު ބަލާފައި
ތިލަމާލެ ބުރިޖް، ޗައިނާއިން އެޅި ބުރިޖްހާ ރީތި ނުވިއަސް ސަލާމަތީ މައްސަލައެއް ނޯންނާނެ: މުއްތަލިބް
ތިލަމާލެ ބްރިޖު، ސިނަމާލެ ބްރިޖުހާ ރީތި ނުވެދާނެ ކަމަށާއި އެކަމަކު، ސަލާމަތީ މައްސަލައެއް ނޫޅޭނެކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. ރޭ ކުރިއަށްދިޔަ ވަޒީރުންނާއި އާންމުން ސުވާލުކުރުމުގެ ފުރަތަމަ ފޯރަމް "އަހާ" ގައި އާއްމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުން ދަނީ ދާއިމީ މަސައްކަތެއް ކަމަށެވެ. ސިނަމާލެ ބްރިޖް އެޅީ ކޮންކްރީޓް ހޮޅިޖަހައިގެން ކަމަށާއި އޭގެ ޕެކިން ކަނޑު އަޑިއަށް އަޅާފައިވާތީ ނުފެންނަނީ ކަމަށް ވެސް ޑރ.މުއްތަލިބް ވިދާޅުވިއެވެ. "މިހާރު ސިނަމާލެ ބްރިޖުގެ ހޮޅި ފެންނަން ނެތީ ކޮފެޑަމް މިކިއާ، ކަނޑު އަޑިއަށް ވާ ގޮތަށް އޭގެ ކެޕިން އެޅިފައި ހުރީމަ. އޭގެ ބަދަލުގައި ތިލަމާލެ ބްރިޖުގައި ނިމިގެންދާ އިރު ވެސް ހޮޅީގެ ކޮންމެވެސް މިންވަރެއް ފެންނަން ހުންނާނެ." މުއްތަލިބް ވިދާޅުވިއެވެ. މުއްތަލިބް ވިދާޅުވީ މިހާރު އަޅާ، ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ އެ 'ކޮފެޑަމް' ނުހިމެނޭގޮތަށްކަމަށެވެ. އެހެންވެ ބަލާބެލުމަށް އެހާރީތި ނުވެދާނެ ކަމަށާއި ނަމަވެސް ސަލާމަތީ ގޮތުން އެއްވެސް ނުރައްކަލެއް ނޯންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ތިބޭފުޅުންނަށް ބަލާބެލުމަށް ތަންކޮޅެއް ހަޑިވެދާނެ. ޗައިނާ ބްރިޖު ހާ ރީތި ނުވެދާނެ ދުރުން، ނަމަވެސް ސަލާމަތީ ގޮތުން އެއްވެސް މައްސަލައެއް ނޯންނާނެ." މުއްތަލިބް ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަކީ އިންޑިއާ އިން ފައިސާގެ ބޮޑު ބައެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ބްރިޖު އަޅަން ހަވާލުކޮށްފައިވަނީ ވެސް އިންޑިއާގެ އެފްކޯންސް ކުންފުންޏަށެވެ. މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެފްކޯންސްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ އޮގަސްޓް 26، 2021 ގައެވެ.
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ