މާލެ: 31°C

ތިލަފުށިން އިތުރު ބޮޑު ބިމެއް ހިއްކަން ފަށައިފި

ތިލަފުށިން އިތުރު ބޮޑު ބިމެއް ހިއްކަން ފަށައިފި
March 28, 2023
2 ފަހަރު ބަލާފައި
ތިލަފުށިން އިތުރު ބޮޑު ބިމެއް ހިއްކަން ފަށައިފި
ކ. ތިލަފުށިން އިތުރު 20 ހެކްޓަރުގެ ބިން ހިއްކަން އިއްޔެ ފަށައިފި އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ނަމަކަށްކިޔާ ކުންފުންޏަކާ އެވެ. 

ތިލަފުށި ފޭސް ދޭއްގެ 'އޭރިއާ ސީ' ގެ ގޮތުގައި މިބިން ހިއްކަން ފެށުމަކީ ތިލަފުށި ތަރައްގީކުރުމުގެ މާސްޓާޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.
[embed]https://twitter.com/hdcmaldives/status/1640387573616111616[/embed]
ސިނާއިަ މަސައްކަތް ކުރާ ތިލަފުށީގައި އަލަށް ހިއްކަން ފެށި ސަރަހައްދަށް ވެލިއެޅުމުގެ މަސައްކަތް މިހާރި ކުރިއަށްދާއިރު، އެޗްޑީސީއިން ބުނިގޮތުގައި ތިލަފުށީގެ މާސްޓާ ޕްލޭނުގައވާ ގޮތުން، ސިނާއީ އެކި ބޭނުންތަކަށް ބޭނުންވާ ފަރާތްތަކަށް ބިން ގަތުމަށާއި ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލާނެއެވެ. ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށްފަހު އެތަނުން ދޫކުރަން ނިންމާފައިވާ 50 ބިން ވިއްކުމަށް އެޗްޑީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ