މާލެ: 31°C

ތިލަފުށިން 50 ބިމެއް ވިއްކާލަން ހުޅުވާލައިފި

February 8, 2023
2 ފަހަރު ބަލާފައި
ތިލަފުށިން 50 ބިމެއް ވިއްކާލަން ހުޅުވާލައިފި
ތިލަފުށިން 50 ބިމެއް ވިއްކާލަން ހުޅުވާލައިފި
ބޭރުގެ ފަރާތްތަކައްވެސް ބިން ގަނެވޭގޮތަށް ތިލަފުށި ދެވަނަ ފޭސްއިން ސިނާއީ ބޭނުންތަކަށް 50 ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ. އެޗްޑީސީއިން ކުރި އިއުލާނެއްގައި ބުނީ 18 އަހަރު ފުރިފައިވާ ދިވެހިން އަދި ބޭރުގެ ފަރާތްތަކަށްވެސް ބިން ގަތުމަށް ކުރިމަތި ލެވޭނެ ކަމަށެވެ. ފަރުދުންގެ އިތުރުން ރާއްޖޭގެ ކުންފުނިތަކަށާއި ބޭރުގެ ވެފައިވާ ކުންފުނިތަކަށްވެސް ތިލަފުށިން ބިން ގަތުމަށް ކުރިމަތި ލެވޭނެ ކަމަށެވެ. ތިލަފުށީ ފޭސް ދެއަކުން އިން ވިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ބޮޑުމިނުގައި 2،500 އަކަފޫޓުން 35،000 އަކަފޫޓު ހުރެއެވެ. ތިލަފުށިން ވިއްކުމަށް ހަމަޖެހިފައިވާ ބިންތަކުގެ ބޯޑޫމިނުގެ ތަފުސީލް
  • 2،500-4،999.99 އަކަފޫޓުގެ 14 ބިން
  • 5،000-9،999.99 އަކަފޫޓުގެ 20 ބިން
  • 10،000-14،999.99 އަކަފޫޓުގެ 7 ބިން
  • 15،000-19،999.99 އަކަފޫޓުގެ 7 ބިން
  • 20،000-29،999.99 އަކަފޫޓުގެ 1 ބިން
  • 30،000-35،000.00 އަކަފޫޓުގެ 1 ބިން
ބިން ގަތުމަށް ކުރިމަތިލާ ފަރާތްތަކުން ގަންނަން ބޭނުންވާ ބިމަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 150،000-1،300،000 ދެމެދުގެ އަދަދަކުން ފައިސާ ދައްކަން ޖެހެއެވެ. ބިން ލިބޭފަރާތެއް ކަނޑައެޅުން ހަމަޖެހިފައިވަނީ މަރުހަލާ ތަކަކަށް ބަހާލެވިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ބިން ގަންނަން ބޭނުންވާފަރާތްތަކުން ފޯމު ހުށައެޅުމުން 10 ދުވަސްތެރޭ އިތުރު ފަރާތަކުން އެބިމަށް ފޯމު ހުށަނާޅާނަމަ އެމީހަކަށް އެބިން ގަތުމުގެ ފުރުސަތޫ ލިބިގެންދާނެއެވެ. އެއްފަރާތަކަށް ވުރެ ގިނަފަރާތަކުން ބިން ގަތުމަށް ކުރިމަތި ލާނަމަ ބިޑް އުސޫލުން އެކަން ކުރިއަށް ދާނެއެވެ. ތިލަފުށި ފޭސް 2 އަކުން ވިއްކުމަށް ހަމަޖެހިފައިވާ ބިން ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް ގަތުމުގެ ފުރުސަތު ހުޅުވާލާގައިވާއި ބޭރުގެ ފަރާތްތަކަށް ބިން ގަނެވޭނީ 99 އަހަރަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ