މާލެ: 31°C

ތިލަފުށީގައި ބިން ކުއްޔަށް ނުހިފައި ވިޔަފާރިކުރާ މައްސަލަ ބޮޑު: އެޗްޑީސީ

February 27, 2023
2 ފަހަރު ބަލާފައި
ތިލަފުށީގައި ބިން ކުއްޔަށް ނުހިފައި ވިޔަފާރިކުރާ މައްސަލަ ބޮޑު: އެޗްޑީސީ
ތިލަފުށީގައި ބިން ކުއްޔަށް ނުހިފައި ވިޔަފާރިކުރާ މައްސަލަ ބޮޑު: އެޗްޑީސީ
ސިނާއީ ރަށް ތިލަފުށިން ބިން ކުއްޔަށް ނުހިފައި، އެރަށުގައި ހެވީ ވެހިކަލްތައް ބަހައްޓައިގެން ވިޔަފާރިކުރާ މައްސަަލަ ބޮޑުވެފައިވާ ކަމަށް އެރަށް ބަލަހައްޓަމުން އަންނަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝާތިރު އަބްދުއް ރަހުމާން ވިދާޅުވީ ތިލަފުށީގެ އެއްގަމާއި މޫދު ވެސް ހުއްދަ ނުހޯދައި (ކުއްޔަށް ވެސް ނުނަގައި) އެތައް ބަޔަކު ވިޔަފާރިއަށް ބޭނުންކުރާ މައްސަލައަކީ ވަރަށް ޒަމާން ވެއްޖެ މައްސަަލަ އެއް ކަމަށެވެ. ބިން ކުއްޔަށް ނުނަގައި ތިލަފުށީގެ މަގުމަތަކުގައި ހެވީ ވެހިކަލްތައް ބަހައްޓައިގެން މިހާރު ވެސް އެކި ފަރާތްތަކުން ވިޔަފާރި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. "ތިލަފުށީގައި މިހާރު ވެސް ވަރަށް ބައިވަރު ހެވީ ވެހިކަލް އެބަހުރި މަގުމަތީގައި އެއްވެސް ލޭންޑެއް ކުއްޔަށް [ހިފާފައި] ނެތް އެތައް ކުންފުންޏެއްގެ އަތުގައި އެތައް ބަައެއްގެ އަތުގައި. އޭއްޗިހި ތިލަފުށީ ތެރޭގައި ބަހައްޓައިގެން އެކި ފަރާތްތަކަށް ކުއްޔަށް ދީގެން ވިޔަފާރި އެތާގައި އެކުރަނީ،" ޝާތިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ބައެއް ފަރާތްތަކުން 100 އަށް ވުރެ ގިނަ ވެހިކަލް ތިލަދުށީގައި ގެންގުޅެ އެވެ. [embed]https://twitter.com/mvpeoplesmajlis/status/1630104785608220676?s=20[/embed] ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ތިލަފުށި ބެލެހެއްޓި އިރު ވެސް އަދި އޭގެ ފަހުން އެކުންފުނި އެޗްޑީސީއާ މާޗްކޮށްލި ފަހުން ވެސް އެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެކަމަކު އޭއްޗިހި ކިހިނެތްތޯ އަޅުގަނޑުމެން ގޮސް އުކައިލާނީ؟ ނޫނީ އޭއްޗިހި ކިހިނެތްތޯ އަޅުގަނޑުމެން ގޮސް ހުއްޓުވައި އެމީހުންގެ ވިޔަފާރި ހުއްޓުވާނީ؟" ޝާތިރު ވިދާޅުވި އެވެ. ތިލަފުށީގެ ފަޅުތެރޭގައި ވެސް އެގޮތަށް ގިނަ އަދަދެއްގެ އުޅަނދުތައް އެބަހުރި ކަމަށާއި ބައެއް  އެހެން ނަމަވެސް އެއިން އެ އުޅަނދުތައް ވެސް ނުނެގެނީ ގާނޫނު އޮންނަ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާނޫނަށް ބަދަލު ގެނެސްގެން ނޫނީ އެކަން ނުކުރެވޭނެ ކަަމަށް ގާނޫނީ ބޭފުޅުން ވިދާޅުވާ ކަމަށް ވެސް ޝާތިރު ވިދާޅުވި އެވެ. ތިލަފުށީގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނުނެގޭތީ އެޗްޑީސީގެ ގިނަ މަޝްރޫއުތަކަކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ