މާލެ: 31°C
ތެޔޮ ފުނަދޫގެ ފިއުލް ފާމް، މާގިރިފަޅަށް ބަދަލުކުރަނީ

ތެޔޮ ފުނަދޫގެ ފިއުލް ފާމް، މާގިރިފަޅަށް ބަދަލުކުރަނީ

January 21, 2024
3 ފަހަރު ބަލާފައި
ތެޔޮ ފުނަދޫގެ ފިއުލް ފާމް، މާގިރިފަޅަށް ބަދަލުކުރަނީ
މާލެ ކައިރީ އޮންނަ ފުނަދޫ ފިއުލް ފާމް މާގިރިފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. ފޮނަދޫ ފިއުލް ފާމް، މާލެ އަތޮޅު މާގިރިފަޅަށް ބަދަލުކުރުމަށް އިކޮނޮމިކް ކައުންސިލުން ވަނީ މިހާރު ނިންމާފައެވެ. މިކަން ސަރުކާރުން ހާމަކޮށްފައިވަނީ، ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންކަން ނޫސްވެރިންނާ ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ. މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫއްރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ، އިކޮނޮމިކް ކައުންސިލުން އެ މަސައްކަތް ކުރުމަ ނިންމާފައިވަނީ އެސްޓީއޯއާ ހަވާލުކޮށްގެންނެވެ. ފުނަދޫ ފިއުލް ފާމް ބަދަލުކުރަން ނިންމި މާގިރިފަޅަކީ ތިލަފުށި ކައިރި އޮންނަ ފަޅެކެވެ. ފުނަދޫ ފިއުލް ފާމް، މާލެއާ ދުރަށް އެހެން ތަނަކަށް ބަދަލު ކުރައްވާނޭކަން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ. ރައީސް އެހެން ވިދާޅުވެފައިވަނީ މި ފަހުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު އިފްތޮތާހުކުރުމަށް ބޭއްވި ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލެ ކައިރީ ފުނަދޫގައި ހުރި ތެއޮ ގުދަންތައް ނަގައި ކުރިމަގުގައި އެތަން ފެނިގެންދާނީ އިގްތިސާދީ ހަބެއްގެ ގޮތުގައެވެ. މިގޮތުން ފުނަދޫ ހުރި ތަނުގައި ޒަމާނީ ފައިނޭންސް ސެންޓަރެއް ގާއިމްކުރުމަކީ އަދުގެ ސަރުކާރުގެ ތަސައްވުރެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ވެލާނާ އިންޓަރނޭޝަަލް އެއާޕޯޓުގެ އިތުރުން ހުޅުމާލެ އަދި މާލޭ ކައިރީ އޮންނަ ފުނަދޫގައި ތެޔޮ ރައްކާކުރުމާ ގުޅޭގޮތުން ދެވަނަ ވިސްނުމަކަށް ދާންޖެހޭކަމީ ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކައެއްކަން ފާހަގަކޮށްލެވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ