މާލެ: 31°C

ތެޔޮ ބޯޓުގައި ގެއްލުނު ކަމަށް ރިޕޯޓްކުރި އެކަކު މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

January 3, 2023
2 ފަހަރު ބަލާފައި
ތެޔޮ ބޯޓުގައި ގެއްލުނު ކަމަށް ރިޕޯޓްކުރި އެކަކު މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ތެޔޮ ބޯޓުގައި ގެއްލުނު ކަމަށް ރިޕޯޓްކުރި އެކަކު މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ތެޔޮބޯޓެއްގައި ވިލިމާލެއިން ފުރިފަހުން ހަބަރެއް ނުވެ، ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރުމުން، ހޯދަމުން އައި ދެމީހުންގެ ތެރެއިން އެކަކު މަރުގެ މައްސަލައެއްގެ ތުހުމަތަށް މިއަދު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމު، 45، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައެއްގައި ކަމަށެވެ. މުހައްމަދު ނިޒާމާއި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލިޓޮން، 35، ތެޔޮ ބޯޓެއްގައި ފުރައިގެން ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓްކުރީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޑިސެމްބަރު 31 ވަނަ ދުވަހު އެވެ. އެ ދެމީހުން ވިލިމާލެއިން ފުރައިގެން ދިޔައީ އޭރު ބުނެފައިވާ ގޮތުން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހެވެ. [embed]https://minivan.mv/76673/[/embed] އޭގެ ފަހުން މިދިޔަ އާދީއްތަ ދުވަހު ފުލުހުން ބުނީ އެ ދެމީހުން ދަތުރުކުރި ބޯޓު ހުޅުލޭގެ ނެރު ކައިރިން އޮޔާ ދަނިކޮށް ޖެނުއަރީ 29 ވަނަ ދުވަހު ފެނިފައިވާ ކަމަށާއި އެހެން ނަަަމަވެސް އެ ދެ މީހުން ނުފެންނަ ކަމަށެވެ. އެ ދެމީހުން ގެއްލިގެން އުޅޭކަން ފުލުހުން އިއުލާނުކޮށްފައި ވަނިކޮށް ނިޒާމު މާލެ ތެރެއިން ފެނިގެން ބައެއް މީހުން ސޯޝަލް މީޑިއާގައި އެވާހަކަ ދެއްކި ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުން އިއްޔެ އެއްޗެއް  ނުބުނެ އެވެ. އޭނާ ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ މިއަދު އެވެ. ނިޒާމާ އެކު ތެޔޮބޯޓުން ދަތުރުކުރި ލިޓޮން ފެނުނުކަމަކަށް ފުލުހުންނެއް ވެސް އަދި ކަމާ ބެހޭ އެހެން އިދާރާއަކުން ވެސް ނުބުނެ އެވެ. މަރުގެ ތުހުމަތަކަށް ނިޒާަމު މިއަދު ހައްޔަރުކޮށްފައި ވާއިރު، މަރުވެފައިވާ މީހެއްގެ ހަށިގަނޑު، ވ. އަތޮޅުތެރެއިން އިއްޔެ ވަނީ ފެނިފަ އެވެ. އެެހެން ނަމަވެސް އެ ހަށިގަނޑާއި ނިޒާމަށް ކުރާ ތުހުމަތާ ގުޅުމެއް އޮތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ