ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލް ގެ އަގު އަނެއްކާވެސް ހެޔޮކޮށްފި އެވެ.
ތެލުގެ އަގަށް ގެނައި ބަދަލާއެކު މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 63 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 41 ލާރި ވަނީ އަގުހެޔޮ ވެފަ އެވެ.
މިއީ މިއަހަރު ތެލުގެ އަގު ހެޔޮކުރި ތިންވަނަ ފަހަރެވެ. އެންމެ ފަހުން ތެލުގެ އަގު ހެޔޮކުރީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އެވެ. އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މެއި 1 ގަ އެވެ. އެ ދުވަހުން ފެށިގެން ރޭ ދަންވަރު 12:00 އާ ހަމަައަށް ޕެޓްރޯލް ލީޓަރެއް ވިއްކީ 15.14ރ. އަށެވެ. ޑީސަލް ލީޓަރެއް 15.70ރ. އަށެވެ. ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން ދޭތެރެ ދޭތެރެ އިން ތެލުގެ އަގު މައްޗަށް ދިޔަ ނަަމަ ވެސް، އާންމުންނަށް އެންމެ އެކަށެނަ އަގެއްގައި ތެޔޮ ފޯރުކޮށްދެވޭތޯ ބަލާކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެެވެ.






