"ދަ ސަމަރ އައި ޓަރންޑް ޕްރިޓީ" ގެ ސީޒަން 2 ޖުލައި މަހު

"ދަ ސަމަރ އައި ޓަރންޑް ޕްރިޓީ" ގެ ސީޒަން 2 ޖުލައި މަހު
ލިޔުން:
އެމެރިކާގެ ޓީނޭޖް ރޮމޭންޓިކް ޑްރާމާ ސީރީޒް އެއް ކަމަށްވާ "ދަ ސަމަރ އައި ޓަރންޑް ޕްރިޓީ" ގެ ދެވަނަ ސީޒަން އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު ޕްރިމިއާ ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން އިއްޔެ ވަނީ އެ ސިރީޒްގެ ދެވަނަ ބައިގެ ފުރަތަމަ ސީކުއަލް ފޭނުންނާ ހިއްސާކޮށްފައެވެ.
ލޯލާ ޓަންގް، ކްރިސްޓޮފަރ ބްރައިނީ އަދި ގެވިން ކަސަލެގްނޯ ލީޑް ރޯލުން ފެނިގެންދާ އެ ސީރީޒްގެ ފަސްޓް ލޫކް އިމޭޖްތަކުގައި ފެނިގެންގޮސްފައިވަނީ އެމީހުންގެ ޓީން ކެރެކްޓަރު އިޒާބެލް "ބެލީ" ކޮންކްލިން، ކޮންރަޑް ފިޝާ އަދި ޖެރެމިއާ ފިޝާ އެވެ.
އޭގެ އިތުރުން އެކްސްކްލޫސިވް ތަސްވީރުތަކުގައި ޝޯން ކައުފްމަން، ރެއިން ސްޕެންސަރ، އަދި ކައިރާ ސެޑްގްވިކް ފަދަ އެހެން ކާސްޓުން ވެސް ފެނިގެންގޮސްފައި ވެއެވެ.
ޓީނޭޖް ލަވް ޓްރައިއެންގަލް ސީރީޒަކީ ޖެނީ ހާންގެ ދަ ސަމަރ އައި ޓަރންޑް ޕްރިޓީ ނޮވެލް ޓްރިލޮޖީގެ ލައިވް އެކްޝަން އެޑެޕްޓޭޝަނެކެވެ. ދަ ސަމަރ އައި ޓަރންޑް ޕްރިޓީ 2 އަކީ މި ފޮތުގެ ސިލްސިލާގެ ދެވަނަ ނޮވެލްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށް މައުލޫމާތު ލިބެއެވެ.
އަންނަ ޖުލައި މަހު ޕްރިމިއާ ކުރަން ހަމަޖެހިފައިވާ "ދަ ސަމަރ އައި ޓަރންޑް ޕްރިޓީ 2" ބެލުންތެރިންނަށް ފެންނާނީ ޕްރައިމް ވީޑިއޯ އިންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕްރިމިއާ ކުރާ ދުވަހު އާ ތިން އެޕިސޯޑު ނެރޭނެއެވެ. އެއަށްފަހު ފައިނަލާ ހަމައަށް ކޮންމެ ހަފްތާއަކު އެއް އެޕިސޯޑު ނެރެން ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ފުރަތަމަ ސީޒަނުގައި ހަތް އެޕިސޯޑް ހިމެނުނުއިރު، ސީޒަން ދޭއްގައި އަށް އެޕިސޯޑް ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
