
ދަ ޑިމޮކްރެޓްސްއަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީފި
ދަ ޑިމޮކްރެޓްސްއަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީފި
ލިޔުން:
"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމަށް އަންނަ މަހުގެ 2 ވާ އާދީއްތަ ދުވަހަށް ހުއްދަ ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
" ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ ސީވީޑް އަލްއުސްތާޛް ހަސަން ލަތީފަށް މިހާރުވާނީ ދަންނަވާފައި." ހަބީބްގެ ޓްވީޓްގައި ވިދާޅުވިއެވެ.
[embed]https://twitter.com/IsmailHabeeb/status/1672861112340205570?s=20[/embed]
ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީއެކެވެ. އެގޮތުން އެ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ، އީސީން މިދިޔަ މަހުގެ 24 ވަނަ ދުވަހު ދިނުމުން، ހަފްތާއެއްގެ ތެރޭގައި ވަނީ 3،560 ފޯމް އީސީ އަށް ހުށަހަޅާފައެވެ. އެ ޕާޓީގައި ރައީސް ނަޝީދާ އެކު އިސްކޮށް މަސައްކަތް ކުރައްވާ ޓީމުގައި ތިއްބެވި ބޭފުޅުންނަކީ ކުރިން އެމްޑީޕީގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނެވެ. އަދި ރައީސް ނަޝީދު މިހާރު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
