"ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފފައިވާ ކަމަށެވެ.އިސްމާއިލް ހަބީބް ވިދާޅުދީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ، ދަ ޑޮމިކްރެޓްސް އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހަސަން ލަތީފަށް މިއަދު އީސީ އިން ދީފައިވާ ކަމަށެވެ.
އެ ޕާޓީ އުފެއްދުމުމަށް އިސްކޮށް އުޅުއްވަނީ ރައީސް ނަޝިދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވި، އެމްޑިޕީ އިން ވަކިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނެވެ.
އެ ޕާޓީއަށް ހުއްދަ ދިނުން ލަސްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަންއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ޑިމޮކްރެޓްސްއަށް ހުއްދަ ދޭން ނިންމީ, އެކަމަށް އީސީން ބާއްވަން ޖެހޭ ބައްދަލުވުން ކޯރަމް ހަމަނުވެގެން ނުބޭއްވިގެން މައްސަލަ ހޫނުވެފައި ވަނިކޮށް އޮންލައިންކޮށް އެ ކޮމިޝަނުގެ މެންބަރުންނަށް ގުޅާ މަޝްވަރާ ކުރުމަށްފަހު އެވެ.
ޑިމޮކްރެޓްސް އުފައްދަން ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް އީސީ އަށް ހުށަހެޅީ މިދިޔަ މަހު އެއްވަނަ ދުވަހު އެވެ.







