ޑިމޮކްރެޓްސް އުފައްދަން ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް އީސީ އަށް ހުށަހެޅީ މިދިޔަ މަހު އެއްވަނަ ދުވަހުއެވެ.
ދަ ޑިމޮކްރެޓްސް އުފައްދާ ޖަލްސާ މާދަމާ ރޭ ބާއްވަނީ

ދަ ޑިމޮކްރެޓްސް އުފައްދާ ޖަލްސާ މާދަމާ ރޭ ބާއްވަނީ
ލިޔުން:
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައި ގިޔާސުއްދީން ސްކޫލު ހޯލުގައެވެ. އަދި އެ ޖަލްސާއަށް ޕާޓީގެ މެންބަރުންނަށާއި ތާއިދު ކުރައްވާ ފަރާތްތަކަށް ވަނީ ދައުވަތު އަރުވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު އިސްވެ ހުންނަވާ އުފައްދަވާ މި ޕާޓީގެ އިފްތިތާހީ ޖަލްސާގައި އެމަނިކުފާނުވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ ޕާޓީއަށް ހުއްދަ ދޭން ނިންމީ, އެކަމަށް އީސީން ބާއްވަން ޖެހޭ ބައްދަލުވުން ކޯރަމް ހަމަނުވެގެން ނުބޭއްވިގެން މައްސަލަ ހޫނުވެފައި ވަނިކޮށް އޮންލައިންކޮށް އެ ކޮމިޝަނުގެ މެންބަރުންނަށް ގުޅާ މަޝްވަރާ ކުރުމަށްފަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
