ދަ ޑިމޮކްރެޓްސް ރެޖިސްޓްރީނުކޮށްދޭން އުޅެނީ މިވެރިކަން 30 އަހަރަށް ދިގުދަންމާލަން ކަމަށް އާޒިމް ވިދާޅުވެއްޖެ

ދަ ޑިމޮކްރެޓްސް ރެޖިސްޓްރީނުކޮށްދޭން އުޅެނީ މިވެރިކަން 30 އަހަރަށް ދިގުދަންމާލަން ކަމަށް އާޒިމް ވިދާޅުވެއްޖެ
ލިޔުން:
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުނާ އެކު އަލަށް އުފެއްދި ޕާޓީ ދަ ޑިމޮކްރެޓްސް ރެޖިސްޓްރީނުކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އުޅެނީ މިވެރިކަން 30 އަހަރަށް ދަންމާލަން ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ، ޑިމޮކްރެސްއިން ހަރުގޭގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ, ޕާޓީ ރެޖިސްޓްރީ ނުކޮށްދޭން އުޅެނީ މިވެރިކަން ދިގު ދަންމާލަން ރައީސް ސޯލިހުގެ ހިތުގައި އޮތުމުން ކަމަށެވެ.
އާޒިމް ވިދާޅުވީ، މިހާރު ފެންނަމުންދަނީ ވެރިކަން ލިބެން ނުޖެހޭ މީހަކަށް ވެރިކަން ލިބުމުން ދެން ވާނެ ގޮތް ކަމަށާއި، އައެގޮތުން ރައީސް ސޯލިހަށް ވެރިކަން ހޯއްދަވައިދެއްވަން އުޅުއްވުމަކީ ހެދުނު "ޅަ އެއްޗެއް" ކަމަށެވެ.
"އިތުރު ޕާޓީއެއް ރެޖިސްޓްރީ ވިޔަ ނުދޭން އެ އުޅެނީ މިވެރިކަން ދިގު ދަންމާލަން އަނެއްކާ ވެސް އަނެއް ތިރީސް އަހަރަށް. އަނެއްކާ ވެސް އަނެއް 30 އަހަރަށް ވެރިކަން ދިގު ދަންމާލައިގެން ރައްޔިތުން ހާލުގައި ޖައްސަން. އާދޭސް ކުރުވަން" އާޒިމް ވިދާޅުވީ.
އާޒިމް ވިދާޅުވީ، ޕާޓީ ރަޖިސްޓްރީ ކުރެވޭނީ ހިއްވަރަކާ އެކު މުޒާހަރާ ކުރުމަށް މަގުމައްޗަ ނިކުމެގެން ކަމަށެވެ. ތަންތަނަށް ނާގާބިލި ވެރިން ލައިގެން ތިބުމުން ރައްޔިތުން ޖެހޭނީ ހާލުގައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ދިމޮކްރެޓްސް އަށް ފޯމް ފުރައިން ވަދެ ތިބި ހުރިހާ މީހުންނަކީ ހިއްވަރު ގަދަ ކެރޭ ބައެއް ކަމަށާއި އެބޭފުޅުން ލާރިއަށް ނުސިހޭނެ ކަމަށެވެ. އެހެން ކަމުން އާޒިމް ވަނީ އެ އެންމެން ވެސް މަގު މައްޗަށް ނިކުމެ މުޒާހާރާ ކުރުމަށް ގޮވާލާފައެވެ.
"މިކަން ނިންމޭނީ ކުޑަކުޑަ އުދަނގުލަކާއެކީ, ޕެޕާ ސްޕްރޭކޮޅެއް ޖެހެން ޖެހޭނެ މޫނަށް. އަޅުގަނޑު މިހުރީ އެ ޖެހެން ތައްޔާރަށް. ތިބޭފުޅުން ޖެހެންތޯ ތި ތިބީ. ޖެހެން ތިބިއްޔާ އެބަ ޖެހޭ ނިކުންނަން" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިހާ ދުވަހު މަގު މައްޗަށް ނުނިކުމެ ތިބީ ތަރުތީބު ނުވެ ނިކުތުމުން ޒިންމާ ވާނެ މީހެއް ނެތުމުން ކަމަށާއި، އެހެން ކަމުން ޕާޓީ ހެދުމުގެ ފުރުސަތު ދިނިމުމަށް ގޮވާލާ ކަމަށެވެ.
" ޕާޓީ ހެދުމުގެ ފުރުސަތު ނުދޭން އުޅެނީ ބިރުގަނޭ އެބަ، ބޮޑު ކޮށް ބިރުގަނޭ އެއީ އަޅުގަނޑުމެން މި ވެރިކަން ނިމުމަކަށް ގެންނާނެ ތީވެ، އަޅުގަނޑުމެން މި ވެރިކަން ނިމުކަކަށް ނުގެނެހެއް ނުދާނަން " އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މަގުމައްޗަ ނިކުމެ މުޒާހަރާ ކޮށް ޖަލަށް ގޮސްގެން ވިޔަސް މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނެވީ ތައްޔާރަށް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
