ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 3،000 މެންބަރުންނެވެ. މިމަހު 24 ގައި އީސީއިން ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމުން އެ ޕާޓީން ވަނީ ސޮއި ހޯދުމުގެ މަަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
ހުށަހެޅި ފޯމުތައް ވެރިފައިކުރުން އަވަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފައިވާ ކަމަށް އެ ޕާޓީގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެފައިވެއެވެ. އެޕާޓީ ރަޖިސްޓްރީ ކޮށްފައި ވަނީ ވެސް ހަސަން ލަތީފް ގެ ނަމުގައެވެ. ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މޭ 21 ވަނަ ދުވަހު އެވެ.
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރައީސް ނަޝީދާ އެކު އިސްކޮށް މަސައްކަތް ކުރައްވާ ޓީމުގައި ތިއްބެވި ބޭފުޅުންނަކީ ކުރިން އެމްޑީޕީގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނެވެ. ނަމަވެސް ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައެވެ.







