
ދަ ޑިމޮކްރެޓްސް، ޕީޕީއެމްއާ އެކު މަޝްވަރާ ކުރަނީ
ދަ ޑިމޮކްރެޓްސް، ޕީޕީއެމްއާ އެކު މަޝްވަރާ ކުރަނީ
ލިޔުން:
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޮލިޝަނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން، އަލަށް އުފެދުނު، ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.
ޑިމޮކްރެޓްސް އިން ބުނެފައިވާ ގޮތުގައި އެ މަޝްވަރާ އޮންނާނީ މިއަދު 11 ޖަހާއިރ،ު އޯޝަން ލައިބްރަރީ (މއ. ސައުތު ޝައިން، ޗާންދަނީ މަގު ދެކުނު) އެވެ. އަދި ބައްދަލުވުމަށް ފަހު މީޑިއާ އާ ތަފްސީލު ދޭނެ ކަމަށް ބުނެފައިވެއެވެ.
އިދިކޮޅު ކޮލިޝަން އާ އެކު އެކުގައި މަސައްކަތް ކުރުމަށް، ދަ ޑިމޮކްރެޓްސްއިން، ބައްދަލުވުމެއް ބާއްވާ އިރު، ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ ކެނޑިޑޭޓެއް ނެރޭނެކަމަށް ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ހުފެދިފައިވާ ޑިމޮކްރެޓްސް އިން ނެރޭނެ ކަމަށް ބެލެވޭ ކެނޑިޑޭޓަކީ ވެސް ރައީސް ނަޝީދެެވެ. އަދި ހަމަ އެއާ އެކު، އިދިކޮޅު ކޯލިޝަނުން ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އެކޯލިޝަނުގެ ކެނޑިޑޭޓްގެ ގޮތުގައި އިއުލާން ކޮށްފަ އެވެެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
