މާލެ: 31°C

'ދަ ޑިމޮކްރެޓްސް' ގެ ހަރުގެ ހަރަކާތްތައް ފަށައިފި

'ދަ ޑިމޮކްރެޓްސް' ގެ ހަރުގެ ހަރަކާތްތައް ފަށައިފި
June 8, 2023
2 ފަހަރު ބަލާފައި
'ދަ ޑިމޮކްރެޓްސް' ގެ ހަރުގެ ހަރަކާތްތައް ފަށައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދުމަށް މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" ޕާޓީގެ ހަރުގެ، އެމްޑީޕީގެ ކުރީގެ މައި ހަރުގޭގައި ހަރަކާތްތައް ފަށައިފިއެެވެ. މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ، ޑިމޮކްރެޓުންގެ ޖަގަލަ އަށް ހަދަން ހަރަކާތްތައް ފަށައި، ރޭ ވަނީ ހަރުގެއަށް ކިޔާނެ ނަމެއް ކަނޑައެޅުމަށް މަޝްވަރާ ކޮށްފައެވެ. އޭގެ އިތުރުން ޖަގަހައިގައި އަންނަ ހުކުރު ދުވަހުގެރޭ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. [embed]https://twitter.com/Azuw_ar/status/1666484408596205568?s=20[/embed] "ދަ ޑިމޮކްރެޓްސް" ގެ ބާރުގެ ދަށަށް އެމްޑީޕީ މައި ހަރުގެ ގެނައީ މޭ މަހުގެ 29 ވަނަ ދުވަހުއެވެ. އެގޮތުން މި ޕާޓީން ވަނީ ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް، ޖޫން 1 ގައި 3560 ފޯމު އީސީއަށް ހުށަހަޅާފައެވެ. އެ ޕާޓީ ހެދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ވަނީ އެމްޑީޕީ އިން އެ ޖަގަހަ ބޭނުން ކުރި އިރު ދަމާފައި ހުރި ރައީސް ސޯލިޙްގެ ޕޯސްޓަރު ތަކާއި ބެނާތައް ނެގައި، އެމްޑިޕީގެ ކުލަ ކަމަށްވާ ރީނދޫ ކުލަ ފިލުވުމަށްފަހު ދަ ޑިމޮކްރެޓްސް ގެ ކުލަ ކަމުގައިވާ މަޑު ނޫކުލަ ލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ