މާލެ: 31°C

'ދަ ޑިމޮކްރެޓްސް' އަށް ބިރުދައްކާ ކަމުގެ މައްސަލައެއް މަޖިލީހަށް

'ދަ ޑިމޮކްރެޓްސް' އަށް ބިރުދައްކާ ކަމުގެ މައްސަލައެއް މަޖިލީހަށް
June 6, 2023
2 ފަހަރު ބަލާފައި
'ދަ ޑިމޮކްރެޓްސް' އަށް ބިރުދައްކާ ކަމުގެ މައްސަލައެއް މަޖިލީހަށް

އެމްޑީޕީއިން ވަކިވި މެމްބަރުން ބައިވެރިވެގެން ރައީސް ނަޝިދުގެ ފިކުރެއްގެ ދިރުމުން އުފެއްދި ޕާޓީ، "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރި މީހުންނަށް ސަރުކާރުން ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް ކުއްލި މަައްސަލަ އެއް ހުށަހަޅައިފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް އެމައްސަލަ ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސް ޕާޓީގެ ވެރިޔާ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.

ހަސަން ލަތީފް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، މި މަހުގެ އެއް ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގައި ހުރި މައުލޫމާތު "ވަގަށް ހޯދައި" އެ މައުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީހުންނަށް  ބިރު ދައްކަމުންދާ ކަމަށެވެ.

"ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަނީ އެ މުޑުދާރު އަމަލު ހިންގަވަމުންނެވެ،" މެންބަރު ހަސަން ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯނާއި ގޯތި ނުވަތަ ފްލެޓަށް އެދިފައިވޭތޯ ބެލުމަށް ފަހު، އެކަން ބޭނުންވާ ނަމަ، ޑިމޮކްރެޓްސް އަށް ކުރި ސޮއި އަނބުރާ ގެންދިއުމަށް ބުނެ އިންޒާރު ދެމުންދާ ކަމަށް ވެސް މެންބަރު ހަސަން ތުހުމަތު ކުރެއްވި އެވެ. "...އެ އަނިޔާވެރި ނާތަހުޒީބު އަމަލުތަކާއި ބިރު ދެއްކުމުގެ މަސައްކަތް މިއަދު ހިންގަވަމުން އެ ގެންދަވަނީ އެމްޑީޕީގެ އެތައް ހާސް މައުސޫމް މެމްބަރުންގެ ނަމުގައި އުފެދިފައި އޮތް ސަރުކާރެއްގައި ހުންނެވި އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާ ..." ރައީސަަށް ތުހުމަތު ކުރައްވާ ހަސަން ވިދާޅުވިއެވެ. ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އީސީ އަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން ގެ ވެބްސައިޓުގައި އާންމުނުކުރަނީސް، އެ ލިސްޓު ލީކުވި މައްސަލައެއް ދަ ޑިމޮކްރެޓްސް އިން ވަނީ އެ ކޮމިޝަނަށާއި ފުލުހުންނަށް ވެސް ކުރިން ހުށަހަޅާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ