
'ދަ ޑިމޮކްރެޓްސް' އަށް ބިރުދައްކާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
'ދަ ޑިމޮކްރެޓްސް' އަށް ބިރުދައްކާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
ލިޔުން:
ދަ ޑިމޮކްރެޓްސް އުފައްދަން ސޮއިކުރި މެމްބަރުންނަށް ސަރުކާރުން ބިރުދައްކާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީީފު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ.
ހަސަން ލަތީފް އެ މައްސަލަ ހުށަހެޅުއްވީ ޑިމޮކްރެޓްސް އުފެއްދުމަށް ހުށަހެޅި ފޯމުތަކުގައިވާ މައުލޫމާތު ސަރުކާރުން ވަގަށް ހޯދައި އެ މީހުންނަށް ގުޅައި ބިރުދައްކަން ފަށައިފައިވާކަމަށް ތުހުމަތުކުރައްވާފައެވެ.
"ސަރުކާރުގެ މިނިސްޓަރުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަނީ އެ މުޑުދާރު އަމަލު ހިންގަވަމުން،" އިއްޔެ މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވި އެވެ.
ރައީސް ނަޝިދުގެ ފިކުރެެއްގެ ދިރުމުން އުފައްދާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން އެޕާޓީން މިމަހުގެ އެއްވަނަ ދުވަހު ވަނީ 3،560 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
