އެހެންކަމުން ޑިމޮކްރެޓްސްއިން ބުނީ، އެ ފަރާތުން ބިން މިހާރު ނަގާފައި ވާނީ އެ ވިޔަފާރިވެރިޔާއާ އެކު ހެދި ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ދަ ޑިމޮކްރަޓްސް ޕާޓީ ހެދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ވަނީ އެމްޑީޕީ އިން އެ ޖަގަހަ ބޭނުން ކުރި އިރު ދަމާފައި ހުރި ރައީސް ސޯލިޙްގެ ޕޯސްޓަރު ތަކާއި ބެނާތައް ނެގުމުގެ މަސައްކަތް ފަށައިފައެވެ. އަދި އެމްޑިޕީގެ ކުލަ ކަމަށްވާ ރީނދޫ ކުލަ ފިލުވުމަށް ދަ ޑިމޮކްރެޓްސް ގެ ކުލަ ކަމުގައިވާ މަޑު ނޫކުލަ ލާން ފަށައިފައިއެވެ.ދަ ޑިމޮކްރެޓްސް އިން ހަރުގެ ހިސޯރުކުރީ ކަމަށް އެމްޑީޕީން ބުނެފި

ދަ ޑިމޮކްރެޓްސް އިން ހަރުގެ ހިސޯރުކުރީ ކަމަށް އެމްޑީޕީން ބުނެފި
ލިޔުން:
މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ 'ދަ ޑިމޮކްރެޓްސް" އިން ހިސޯރުކުރީ ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.
އެމްޑީޕީ ހަރުގެ ހިންގާ އިމާރާތާއި އެތަނުގެ ވެރިފަރާތުން މިއަދު ވަނީ ހަވާލުވެފައިވެފައެވެ. އެ އިމާރާތުގެ ވެރިފަރާތަކީ އެ ޕާޓީގެ ކުރީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުއެވެ. އެމްޑީޕީ ދެބައިވެ އާ ޕާޓިއެއް އުފައްދާފައިވާ އިރު، ޝަފިއްޔާ ހުރީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައެވެ.
އެހެން ކަމުން އެތަނުގައި މިހާރު ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާ ޑިމޮކްރެޓްސް ޕާޓީ އަށް މީހުން ވެއްދުމުގެ މަސައްކަތް ފަށައިފައެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އެމްޑީޕީން މާލޭގައި ހިންގަމުން ގެންދިޔަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ އެ ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކުރިކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެމްޑީޕީން ބުނީ، އެ ހަރުގެއަކީ، އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން ދާތަނަކަށް ވާއިރު، ހެދިފައިވާ އެއްބަސްވުމުގެ ދަށުން އެއިމާރާތުގެ ވެރިފަރާތަށް ގަވާއިދުން ކުލިދައްކަމުން އަންނަ ތަނެއް ކަމަށެވެ.
އިމާރާތުގެ ވެރިފަރާތުން އެއްބަސް ވުން ވެފައިވަނީ އަނގަ ބަހުން ކަމަށާއި، ކުރިއަށް އޮތް 2023 ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެކަމަށް ވެރިފަރާތުން އެއްބަސްވެފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، އެހެން ނަމަވެސް, އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ، އެ ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, އެ ޕާޓީގެ މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.
އެމްޑީޕީން ބުނި ގޮތުގައި، ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވެސް އެދިފައިވަނީ ވެރިފަރާތުގައިވެސް އެދިފައިވާ ފަދައިން އެ ޕާޓީއިން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ކަމަށެވެ.
އެގޮތުން ދަ ޑިމޮކްރެޓްސް އިން އެކުރީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްކަމުގައި އެ ޕާޓީން ވަނީ ޕާޓީއިން ވަނީ ބުނެފައެވެ. އަދި އަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
https://twitter.com/MDPSecretariat/status/1663200484327587840
އިމާރާތުގެ ވެރިފަރާތުން ބުނީ، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު އެބިން ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުމެއް ނޯންނާނެ ކަމަށާއި، މިހާރު އެ ބިން އޭނާ ކުއްޔަށް ދޫކުރީ ވިޔަފާރިވެރިޔަކަށް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
