މާލެ: 31°C

ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކުު: ރައީސް

January 21, 2025
141 ފަހަރު ބަލާފައި
ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކުު: ރައީސް
ރާއްޖޭގެ މާސްޓަރޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންގެ ބައިވެރިވުމާއެކުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ މާސްޓަރޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންގެ ބައިވެރިވުމާއެކުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު އެހެން ވިދާޅުވީ ރ. އަތޮޅުގެ 11 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ރ. އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޤާނޫނީީ ބާރުވެރިކަން ދީގެން ރައްޔިތުން ނިންމި ގޮތަށް ތަރައްޤީގެ ކަންކަން ކުރިއަށް ދާނެ ކަމަށާއި ތަރައްޤީ ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ މިސްރާބަށެވެ. 

އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ. އެމަނިކުފާނު ބޭނުން ފުޅުވަނީ ސީދާ ރައްޔިތުން އެދޭ ގޮތް އޮޅުން ފިލުއްވައިގެން ކުރިއަށް ވަޑައިގަތުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ