
ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓާލާފައިވާތީ މަޖިލީހުގައި އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށް ގޮވާލައިފި
ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓާލާފައިވާތީ މަޖިލީހުގައި އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށް ގޮވާލައިފި
ލިޔުން:
މި ސަރުކާރުން ފަށާފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުއްޓާލާފައިވާތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭންގެ ތެރެއިން ރޭ މާލޭގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރު ފެށިގެން 4 މަސްދުވަސްވެފައިވާއިރު، މިހާތަނަށް 1700 އެއްހާ ޕްރޮޖެކްޓެއް ހުއްޓާލައިފައިވާ ކަމަށެވެ.
އަދި މިމަހުގެ 14 ވަނަ ދުވަހާއި ހަމަޔަށް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 1 ބިލިއަން ރުފިޔާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މިދިޔަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހާއި ހަމަޔަށް 2.699 ބިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ.
"އެއީ ބޭކާރު ހަރަދެއް ނޫން. އެއީ ކޮންމެހެން ރާއްޖޭގެ ރައްޔިތުންނަށްޓަކައި ކުރަންޖެހިފައި ހުރި ކަންތައްތައް. އެެހެންވީމަ މިކަންތައްތައް އަލުން ފަށާގަތުމަށްޓަކައި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މި ބޭނުންވަނީ." ސޯލިހު ވިދާޅުވިއެވެ.
މި ސަރުކާރުން ހުއްޓާލާފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އަލިއަޅުވާލައްވާ ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ގުޅީފަޅުގެ އިތުރުން ގިރާވަރުފަޅާއި، ހުޅުމާލެ ފޭސް ތިނެއްގެ ނަމުގައި މަސައްކަތްތަކެއް ކުރަން ފެށި ކަމަށާއި ވެރިކަމުން ފޭބިއިރު 148 ހެކްޓަރުގެ ބިން އެ ތިނުގައި އޮންނާނެ ކަމަށެވެ.
އަދި މިއަދު އެ ތަންތަނުން ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ހުޅުމާލެ ފޭސް ތިނެއް ހިއްކަން ފެށުމުން އެކަން ހުއްޓާލަން މާލޭގެ މޭޔަރަކަށް ހުންނަވައިގެން ރައީސް މުއިއްޒު އެންގެވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދު އެ އޮތީ އެކަން ހުއްޓާލާފައި. ފުށިދިއްގަރުގައި އަލަށް ބިނާކުރާ ތަނެއްގެ ވާހަކަ، އެކަން ވެސް ކުރަންވީ. އެހެން ނަމަވެސް މިއަދު ފެށިފައި މިއޮތް ބޮޑެތި މަޝްރޫއުތައް ހުއްޓާ ނުލާ، ކޮންމެހެން ބިއްލޫރި ހޮޅިއެއްގެ ތެރެއިން މާލޭ ރައްޔިތުން ގުޅިފަޅަށް ގެންދަން އުޅޭނެ ކަމެއް ނެތް." ސޯލިހު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
