މާލެ: 31°C
ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނަން: ތިމަރަފުށި ކައުންސިލް

ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނަން: ތިމަރަފުށި ކައުންސިލް

February 7, 2024
4 ފަހަރު ބަލާފައި
ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނަން: ތިމަރަފުށި ކައުންސިލް
ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހާސިލުކުރުމަށް ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދޭނޭކަމުގެ ޔަގީންކަން ދޭކަމަށް ތިމަރަފުށީ ކައުންސިލުން ބުނެފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ތިމަރަފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު އަތޮޅު ކައުންސިލުގައި މިރޭ ބޭއްވި ބައްދަލުވުމުގައ، ތިމަރަފުށީި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހާސިލުކުރުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލުގެ ފަރާތުންވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާނެ ކަންތައްތަކާއި، ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބަނދަރު މަރާމާތުކޮށް، ބޭރުތޮށިލުމަކީ މިވަގުތު ކައުންސިލުން ބޭނުންވާ އެންމެ މުހިންމު އެއްކަންތައްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރަށުގައި ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ކަމަށާއި، ނިމިފައިހުރި ހައުސިންގ ޔުނިޓްތައް ހުންނަ ސަރަހައްދުގައި އަސާސީ ޚިދުމަތް ލިބޭނެ މަގުފަހި ކޮށްދެއްވުމަށާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މިރޭގެ ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް ވަނީ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އ.ތ.މ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ޤާނޫނަށް ބަދަލު ގެނެސްގެން ކުރެވެންހުރި ކަންކަން ޤާނޫނުގެ ތެރެއިން ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރައްވައި، އެކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ތ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ، ދިޔަމިގިއްޔާ، މަޑިފުއްޓާއި، ވޭމަންޑޫގެ އިތުރުން ވަންދޫ އާއި ކަނޑޫދޫއަށްވެސް ޒިޔާރަތްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ