މާލެ: 31°C

ތަރައްޤީގައި ފުލުހުންގެ ދައުރު މުޙިއްމު: ޑިފެންސް މިނިސްޓަރ

January 26, 2025
199 ފަހަރު ބަލާފައި
ތަރައްޤީގައި ފުލުހުންގެ ދައުރު މުޙިއްމު: ޑިފެންސް މިނިސްޓަރ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެންނަވަން ބޭނުންފުޅުވާ ތަރައްގީގައި ފުލުހުންގެ ފުޅާ ދައުރެއް އެބައޮތް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެންނަވަން ބޭނުންފުޅުވާ ތަރައްގީގައި ފުލުހުންގެ ފުޅާ ދައުރެއް އެބައޮތް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވީ ދިވެހި ރައްޔިތުން ހަވާލުކުރެއްވި މުހިންމު ޒިންމާތަކެއް އުފުއްލަވައިގެން ރައްޔިތުންނާއި މުޖުތަމަޢު ރައްކާތެރިކުރައްވަން ކަމަށެވެ. އަދި މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަވައި، އިގްތިސާދީގޮތުން ފުދުންތެރި ޤައުމަކަށް ހެއްދެވުމުގެ މަސައްކަތް ޒިންމާދާރުކަމާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމަޢުގައި އިގްތިސާދީ ގޮތުން ފުދުންތެރި އަދި ތަރައްގީ ވެފައިވާ ޤައުމުތަކަށް ބަލާލިޔަސް ފާހަގަ ކުރެވޭ ސިފަތަކެއް އެބަހުރި ކަމަށާއި އެއީ މިނިވަންކަމާއި މުސްތަގިއްލު ކަމާއި އަމަން އަމާންކަން އަދި އަދުލު އިންސާފު ގާއިމުވެފައި އޮތުމާއެކު ވަކިވަކި ފަރުދުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ވެސް ރައްޔިތުންނާއި އެ ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި، ރައީސް ހޯއްދަވަން މަސައްކަތް ކުރައްވާ ތަރައްގީ ހޯއްދެވުމުގައި ފުލުހުންގެ ދައުރު ފުޅާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޯހުގެ ދަސްވެނިންނާ މުޚާތަބު ކުރައްވައި ދިފާޢީ ވަޒީރު ވިދާޅުވީ އެ ދަސްވެނިންގެ ޒިންމާ ވަރަށް ބޮޑުކަމަށާއި އެ ޒިންމާ އޮތީ ޤައުމާއި ރައްޔިތުންނާއި ޤާނޫނުއަސާސީއަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިތިބުމަށާއި ޤައުމަށް ވަފާތެރިވުމަށާއި ނަފްސަށްވުރެ ޤައުމު އިސްކުރެއްވުމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ