ތަރައްގީއަށް ކުރާ މަސައްކަތުގައި ރާއްޖެއާއި ކެމްބޯޑިއާގެ ވިސްނުން ވަރަށް އެއްގޮތް: ރައީސް

ތަރައްގީއަށް ކުރާ މަސައްކަތުގައި ރާއްޖެއާއި ކެމްބޯޑިއާގެ ވިސްނުން ވަރަށް އެއްގޮތް: ރައީސް
ލިޔުން:
ތަރައްގީއަށް ކުރާ މަސައްކަތުގައި ރާއްޖެއާއި ކެމްބޯޑިއާގެ ވިސްނުންތަކުގައި އެެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ރާއްޖެއަށް ކުރެއްވ ރަސްމީ ދަތުރުފުޅުގައި މިއަދު ބޭއްވި ދެގައުމުގެ މަޝްވަރާތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވިދާޅުވީ ރާއްޖެއާއި ކެމްބޯޑިއާއި ދެގައުމުގައި ވެސް އެއް ބައެއްގެ ފަރާތުން އަނެއް ބަޔަކަށް ދަސްކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ކެމްބޯޑިއާއަކީ ވެސް ރާއްޖެ ފަަދައިން ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށާއި އެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމާއި ފަންނީ ގާބިލުކަން އިތުރުކުރުން ފަދަ ފޮތް ގޮތުން އެއްގައުމުން އަނެއް ގައުމަށް ކަންތައްތައް ދަސްކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދެގައުމަކީ ވެސް އޭޝިއާ ބައްރަށް ނިސްބަތްވާ، ތަރައްގީވަމުން އަންނަ ދެ ގައުމު. ތަރައްގީވުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތަކާއި، އެކަންކަމުން އަރައިގަތުމަށް ބޭނުންކުރާ ސިޔާސަތުތަކާއި ވިސްނުންތަކުގައި ވެސް އެއްގޮތްކަމެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެގައުމުން ވެސް އިސްކަން ދީފައި ވަނީ ބައިނަލް އަގުވާމީ ގުޅުންތައް ހަރުދަނާކުރުމަށާއި އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުން ހަރުދަނާ ކުރުމަށެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ކެމްބޯޑިއާގެ ބޮޑުވަޒީރާ އެކު އެމަނިކުފާނު މިއަދު ބޭއްވި މަޝްވަރާތަކުން ހޯދުނު ކުރިއެރުންތަކާ މެދު އެމަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވަ އެވެ. ދެގައުމުން މިއަދު އެއްބަސްވި ލަނޑުދަނޑިތައް ހާސިލުކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރަން ދެގައުމުން އޮފިޝަލުން ވަރަށް އަވަަހަށް ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދެ ގައުމެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ އެންމެ މުހިންމު ބަޔަކީ، އެ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުންކަމަށާއި ވިސާ ނެގުމަކާ ނުލައި، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމީ އުފާކުރައްވާ ކަމެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"މިހާރު، ދިވެހިންނަށާއި ކެމްބޯޑިއާގެ ރައްޔިތުންނަށް ވެސް، ވިސާ ނެގުމަކާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރާއި ރައީސް ސޯލިހު މިއަދު މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ވިޔަފާރިއާއި އިިގުތިސާދީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުން ހިމެނެ އެވެ. ކެމްބޯޑިއާއަކީ ވަރަށް ގިނައިން ހަނޑޫ އުފައްދާ ގައުމަކަށް ވާތީ އެގައުމުން އެގައުމުން ރާއްޖެއަށް ހަނޑޫ އެތެރެކުރުމާ ބެހޭ ގޮތުން ވެސް ރައީސް ވިދާޅުވި ގޮތުގައި ދެބޭފުޅުން މަޝްވަރާކުރެެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
