ތަނެއް ލިބުން ލަސްވުމުން ރިޔާސީ އިންތިހާބާ ގުޅޭ މަސައްކަތްތައް އުނދަގޫވެއްޖެ: އީސީ

ތަނެއް ލިބުން ލަސްވުމުން ރިޔާސީ އިންތިހާބާ ގުޅޭ މަސައްކަތްތައް އުނދަގޫވެއްޖެ: އީސީ
ލިޔުން:
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް މަރުކަޒެއް ލިބުން ލަސްވުމުގެ ސަބަބުން މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދް ތައުފީގް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ފުއާދު ރޭ ވިދާޅުވީ މިއަހަރު ފެށުނު ހިސާބުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ތަނެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދިޔަ ނަމަވެސް މިމަހާ ހަމައަށް އައިއިރުވެސް އެކަން ކާމިޔާބުވެފައި ނުވާކަމަށާއި އިތުރު މަޝްވަރާއަކާއެކު މިހާރު ވަނީ އިންތިހާބުގެ މާތް މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ހަމަޖެހިފައި ކަމަށެވެ.
ފުއާދު ވިދާޅުވީ ދަރުބާރު ގޭގެ ހޯލްތައް ޑިޒައިން ކުރުމާއި ތައްޔާރު ކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް އެކަކުން ކުން ފެށިގެން ކުރިޔަށްދާނެ ކަމަށެވެ. އަދި މިހާރުވެސް އެކި ސެކްޝަން ތަކުން ކުރަންޖެހޭ އެކި މަސައްކަތްތައް މެދު ކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ހުރިހާ ސެކްޝަން ތަކުގައި އިސްކޮށް ތިބޭ ވެރިންނާއ،ި ކޮމިޝަންގެ ފަސް މެންބަރުންނާއި އަދި ސެކަޓްރީ ޖެނެރަލްއާއިއެކު ޓާސްކް ފޯހެއް އުފައްދައ،ި ރަށްރަށުގައި ތިބޭ ބައެއް ފަރާތްތައް އަލުން ރެޖިސްޓްރީ ކުރުމާއި އަދި ވޯޓުލުމުގެ ގަވާއިދުތަކާއި ބެހޭ ތަފާތު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ތަނެއް ލިބުން ލަސްވުމުގެ ސަބަބުން މިހާރު ވަނީ 9 މަސް ދުވަހުގެ މަސައްކަތް 6 މަސް ދުވަހުގެ ކުޑަ މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައެވެ.
"ނުވަ މަސް ދުވަހު ކުރަން ރާވާފައިހުރި ކަންތައް ހަ މަސް ދުވަހަށް ކުޑަކޮށްލަން ޖެހުމުން އަޅުގަނޑުމެންގެ ސްޓާފުން އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހުން ކަހަލަ ދަތިތައް ދިމާވާނެ" ފުއާދް ވިދާޅުވިއެވެ.
އެހެންކަމުން ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާއިރު، އެތަނަށް ބޭނުންވާ ތަކެތި ހޯދުމާއި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވުމުގައި ހުއްޓިނެތި މަސައްކަތް ކުރަން ޖެހުމަކީ ވެސް މުއައްޒްފުންނަށް ބުރަވެގެންދާނެ ކަމެއްކަން ފުއާދް ވިދާޅުވިއެވެ. އަދި ފުއާދް ވިދާޅުވީ އިންތިހާބުތައް ގިނަވަމުން އަންނަ ވަރަކަަށް އީސީ ގައި މަސައްކަތް ކުރައްވާ މުއައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން މަސައްކަތް ދެ ގުނައަށް އިތުރުވަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
