މާލެ: 31°C

ތެލެސީމީއާ ސެންޓަރުގެ ކަންކަން ރަނގަޅުކުރަން މިހާރުން މިހާރަށް ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ރައީސް އަންގަވައިފި

March 23, 2025
125 ފަހަރު ބަލާފައި
ތެލެސީމީއާ ސެންޓަރުގެ ކަންކަން ރަނގަޅުކުރަން މިހާރުން މިހާރަށް ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ރައީސް އަންގަވައިފި
ތެލެސީމީއާ ސެންޓަރުގެ ކަންކަން ރަނގަޅުކުރަން މިހާރުން މިހާރަށް ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ރައީސް އަންގަވައިފި އެވެ.

ތެލެސީމީއާ ސެންޓަރުގެ ކަންކަން ރަނގަޅުކުރަން މިހާރުން މިހާރަށް ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް ރައީސް އަންގަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މިއަދު ހެނދުނު ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގެ ހާލަތު ބައްލަވައިފިއެވެ. މި ޒިޔާރާތް ކުރެއްވުމުގައި އެމަނިކުފާނު ވަނީ އެ ވަގުތު ލޭއަޅަން ސެންޓަރުގައި ތިއްބެވި ޕޭޝަންޓުންނާއި، ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ބައްލަވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްގފަހު އެންމެ އެދެވޭ އަވަސް ޙައްލު ހޯދައިދެއްވުމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުއްވައި ސަރުކާރުން އެކަންކަން ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެ ޒިޔާ ރަތުގެ ތެރެއިން ތެލެސީމިއާ ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނަށް މިހާރުން މިހާރަށް އެޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަސްކޮށް އެޅުއްވުމަށް އިރުޝާދުދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ